އެކްސިޑެންޓް

ނުރައްކާތެރި އެކްސިޑެންޓެއް، އަންހެނަކަށް ސީރިއަސް އަނިޔާ

Feb 27, 2022

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ކުރެނދިމާ ހިނގުމުން ސައިކަލެއްގައި ދުއްވާފައިދިޔަ މީހަކު ވެއްޓި ގެންނެވެ. އެކްސިޑެންޓް ހިނގީ 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭވެސް ނެތެވެ. އޭނާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި މަންޒަރުވެސް ފެނެއެވެ.

މަންޒަރު ދުށް މީހުން ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އަންނަނިކޮށް ބަންޕަރެއް މައްޗަށް އެރިތަނާ ކަހާލައިގެން ކަމަށެވެ.