އުރީދޫ

އުތުރުގެ ތިން އަތޮޅަށް ހިދުމަތަށް ބުރޫއަރާފާނެ: އުރީދޫ

Feb 27, 2022

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދެމުންގެންދާ ހިދުމަތަށް މިރޭ ބުރޫއެރުން އެކަށީގެންވާ ކަމަށް އުރީދޯ މޯލްޑިވްސް އިން ބުނެފި އެވެ.

ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އުރީދޫ އިން ލަފާކޮށްފައިވަނީ ހއ. ހދ. އަދި ށ. އަތޮޅަށެވެ.

ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ބުނެފައިވަނީ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދާތީ މިރޭ މެންދަމު 12:00 އިން ފަތިހު 6:00 އަށެވެ.

ކުރިން ޝެޑިއުލް ކޮށްގެން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކާ އެކު ދިމާވެދާނެ ދަތިތަކަށްޓަކައި އުރީދޫ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

މެއިންޓަނަންސްގެ މަސައްކަތް ނިންމާ، ވީހާވެސް އަވަހަށް އާންމު ހާލަތުގައި ހިދުމަތް ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.