އައި ކެއާ

އަންހެނުންގެ ދުވަހަށް އައިކެއާގެ ހާއްސަ ހަރަކާތްތަކެއް

Mar 2, 2022

މި އަހަރުގެ އަންހެނުންގެ ދުވަހާ ދިނިމާކޮށް ހާއްސަ ހަރަކާތްތަކެއް ހިންގަން އައިކެއަރ އޮޕްޓިކަލްސް އިން ނިންމައިފި އެވެ.

އަންހެނުންގެ ދުވަހާއި ދިމާކޮށް ދެ ހަރަކާތެއްް އައިކެއަރ އިން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ހަރަކާތް ކުރިއަށް ގެންދާނީ އިންސްޓާގްރާމް މެދުވެރިކޮށެވެ.

"ވޮންޑާ ވުމެން" ގެ ނަމުގައި އިންސްޓަގްރާމްގައި ކުރިއަށްގެންދާ ކެމްޕެއިންގައި ކަސްޓަމަރުން އައިކެއަރގެ އިންސްޓަގްރާމް ޕޭޖަށް ފޮލޯކޮށް އަދި ކެމްޕައިނަށް ކޮށްފައިވާ ޕޯސްޓް ލައިކް ކުރުމަށްފަހު ކެމްޕެއިންނަށް ނޮމިނޭޓް ކުރަން ބޭނުންވާ ފަރާތުންގެ ނަން ކޮމެންޓް ކުރަން ޖެހެ އެވެ. އަދި އެ ޕޯސްޓް އެމީހެއްގެ އިންސްޓަގްރާމް ސްޓޯރީއަށް ލާން ޖެހޭނެ އެވެ.

މީގެ އިތުރުން "ވޮންޑާ ވުމެން" އަށް ނޮމިނޭޓް ކުރި ފަރާތާއިއެކު އެ ފަރާތްވާ "ވޮންޑާ ވުމެން" އަށްވާ ސަބަބު ލިޔުމަށްފަހު އިތުރު ސްޓޯރީއެއް އިންސްޓަގްރާމަށް ލާންޖެހޭނެ އެވެ. އެ ސްޓޯރީގައި އައިކެއަރ ޓެގް ކުރަން ޖެހެ އެވެ. ޕްރައިވެޓް އެކައުންޓްތަކުން އައިކެއަރގެ ޕޭޖަށް ސްކްރީންޝޮޓެއް ފޮނުވައިލެވޭނެ އެވެ.

މި ކެމްޕެއިންގެ ދަށުން މި މަހުގެ ނުވަވަނަ ދުވަހު އައިކެއަރއިން ނަސީބުވެރިޔެއް ހޮވާނެ ކަމަށާއި ނޮމިނޭޓް ކުރި ފަރާތްތަކާއި ނޮމިނީއަށް ހަދިޔާއެއް ލިބޭނެ އެވެ. އައިކެއަރއިން ހަދިޔާއެއްގެ ގޮތުގައި ދެނީ ދެ ފަރާތައް އަވި އައިނެއް ނުވަތަ ނަންބަރު އައިނުގެ ދުނިގަނޑެވެ. ބޭނުންވާ އިނާމު ކަނޑައަޅާނީ ހޮވޭ ފަރާތުން ކަމަށެވެ.

މީގެ އިތުރުން މި މަހުގެ އަށް ވަނަ ދުވަހު މޯމްސް އެންޖީއޯއާއި ގުޅިގެން ފަންޑް ރެއިޒިން ހަރަކާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް އައިކެއއަރ އިން ބުނެ އެވެ. އެ ހަރަކާތުގެ ދަށުން އެ ދުވަހު އައިކެއަރގެ ފިހާރަތަކުން ވިއްކާ އަވިއައިނުތަކުގެ ސޭލްސްއިން 10 ޕަސެންޓް ޑޮނޭޓްކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އައިކެއަރގެ ފިހާރަތައް ހުންނަ ހުރިހާ ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައި އޮންލައިންކޮށް ވެސް ޑޮނޭޓް ކުރެވޭނެ އެވެ.

އޮންލައިންކޮށް ޑޮނޭޓްކުރަން ބޭނުންވާ މީހުން މޯމްސް އެންޖީއޯގެ ރުފިޔާ އެކައުންޓް 7730000294482 އަދި ޑޮލަރު އެކައުންޓަށް 7730000294483 ފައިސާ ޖަމާކުރެވޭނެ ކަމަށް އައިކެއަރއިން ބުނެ އެވެ