ގެވެށި އަނިޔާ

އަންހެނަކަށް އަނިޔާކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

އަންހެނަކަށް އަނިޔާކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މީހާ ދޫކޮށްލީ އަނިޔާ ލިބުނު އަންހެން މީހާ ތަހުގީގަށް އެއްބާރުލުން ދީފައި ނުވާތީ މައްސަލަ ތަހުގީގުކުރަން ހެކި ނުލިބުމުން ކަމަށެވެ. އެހެންވެ ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ.

ފުލުހުން އެ މީހާ ހައްޔަރުކުރީ މިދި ހޯމަ ދުވަހުގެ ރޭ ހެންވޭރުގެ ގެއެއްގައި އަންހެނަކަށް އަނިޔާކުރާ ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ގެއަށް ދިއުމަށްފަހު އެވެ.

ހައްޔަރުކުރީ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި މީގެކުރިން ވެސް ބައެއް ހައްޔަރުކޮށް ދައުވާ ކޮށްފައިވެ އެވެ. އަދި އެފަދަ ބައެއް މައްސަލަތައް ސާބިތުވެ ބައެއް މީހުން ޖަލަށް ލާފައިވެސްވެ އެވެ.