މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް ޖިންސީ ގޯނާ ކުރި ޑްރައިވަރަކު ހައްޔަރުކޮށްފި

އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެ އިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލޭގައި ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ 12:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޓެކްސީ ތަކަށް އަރާ އަންހެނުންނަށް ޖިންސީ ގޯނާ އަދި ފުރައްސާރަ ކުރާ މަސައްލަތައް މަދު މަދުން ނަމަވެސް ފެންމަތިވެ އެވެ.