މޯލްޑިވްސް ޕޮލިސް ސާވިސް

ސިފައިންގެ މީހަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

Mar 9, 2022

ސިފައިންގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގައި މިއަދު މެންދުރު ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސިފައިންގެ މީހާ އަށް ހަމަލާ ދިނީ ދަރިފުޅު ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް މިހާރުގެ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ކުރީގެ ސްޓާ ސިނަމާ ހިންގި އިމާރާތާ ހިސާބުންނެވެ.

ހަމަލާ ދިނީ ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވާ، އެމީހާއާ ދިމާލަށް އެއްޗެތި ތަކެއް ކިޔުމަށްފަހު ކަމަށް އެނގިފައިވެ އެވެ. ފުރަތަމަ ހަމަލާދިނީ ލަކުނޑިބުރިއެއް ބޭނުންކޮށްގެންނެވެ. ފަހުން އަތުން ޖެހި ކަމަށްވެސް އެނގިފައިވެ އެވެ.

ހަމަލާއާއި ގުޅިގެން ސިފައިންގެ މީހާ އަށް އަދި އޭނާގެ ދަރިފުޅަށް ވެސް އަނިޔާއެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.