އެމްޑީޕީ

މެންބަރުން އިތުރު ކުރުމުގެ މަސައްކަތް އެމްޑީޕީގެ އަންހެނުންގެ ރޫހުން ފަށައިފި

Dec 24, 2015
1

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްވެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.

އެ ޕާޓީން ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް މަސައްކަތްކުރާނެ ކަމަށާއި މެމްބަޝިޕް ފޯމް ފުރުން ކުރިއަށް ދާނީ ހުޅުމާލޭގެ ކޮރަލްވިލް ކުރިމަތީ ހުންނަ ގޯޅި ބީޗްސައިޑްގައެވެ. އަންހެނުންގެ ރޫހުން މެމްބަޝިޕް ފޯމް ފުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް މިގެންދަނީ މިމަހުގެ ނިޔަލަށް އެމްޑީޕީގެ 23000 މެމްބަރުން އުނިކުރާނެ ކަމަށް އިލެކްޝަނުން އަންގަވާފައިވާތީ ގުވަރަށް ގިނަ ޕާޓީގެ މެމްބަރުންނާ ޕާޓީއަށް ސޮއިކުރައްވަން ބޭނުންފުޅު ބޭފުޅުންގެ އެދުމުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އަންހެނުން ރޫހުން ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައިވެސް އެމްޑީޕީގެ މާލެ ހަރުގޭގައި މިފަދަ އިވެންޓެއް ކުރިޔަށް ގެންގޮސްފަ އެވެ.