އިސްލާމިކް މިނިސްޓްރީ

ސައުދީ ސަރުކާރުން 3،000 މުސްހަފް ހަދިޔާކޮށްފި

Mar 13, 2022

ސައުދީ އަރަބިއްޔާގެ ސަރުކާރުން 3،000 މުސްހަފް ހަދިޔާކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުސްހަފްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މެތްރެކް އަލްދޮސާރީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މުސްހަފްތަކާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

ސައުދީ ސަރުކާރުން ހަދިޔާކޮށްފައިވަނީ ދެ ސައިޒެއްގެ މުސްހަފްތަކެކެވެ. އެއީ މުސްހަފްގެ އަކުރުތައް ބޮޑެތި މުސްހަފް ތަކަކާ އަކުރު ކުދި މުސްހަފް ތަކެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީގެ ރިސެޕްޝަނުން މުސްހަފް ލިބޭނެ ކަމަށެވެ.

ސައުދީ ސަރުކާރުން ގަވައިދުން މުސްހަފް ހަދިޔާކުރާއިރު ކޮންމެ ރޯދަ މަހަކާ ދިމާކޮށް އެ ގައުމުން ރާއްޖެ އަށް ކަދުރުވެސް ހަދިޔާކުރެ އެވެ.