ކޫއްޑޫ އެއާޕޯޓް

ކޫއްޑޫ އެއާޕޯޓުން އަތުލި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Mar 15, 2022

ގއ. ކޫއްޑޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން ބުނީ އެ ތަކެތި އިއްޔެގެ ވަގުތެއްގައި ނައްތާލީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށެވެ.

ނައްތާލާފައިވަނީ 246 ފުޅި ބަނގުރައާއި 106 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މިިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން މިދިޔަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.