މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ވަޒީފާއިން ރިޓަޔާ ކުރި ބޭފުޅުންގެ އަގު ވަަޒަންކޮށްފި

Mar 15, 2022
1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާ އިން ރިޓަޔާ ކުރި ބޭފުޅުންތަކެއްގެ ހިދުމަތުގެ އަގު ވަަޒަންކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފްލާއެއްގައި ރިޓަޔާ ކުރި ބޭފުުޅުން އެ ކުންފުންޏަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ރިޓަޔާ ކުރި ބޭފުޅުންނަށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

ރިޓަޔާ ކުރި މުވައްޒަފުންނާއި ހިދުމަތް ކުރި މުއްދަތު

  • އަލީ ރަޝީދު - 19 އަހަރާއި ހަތް މަސް
  • މޫސާ އަންވަރު - 17 އަހަރާއި ތިން މަސް
  • އިބްރާހީމް މުހައްމަދު - 19 އަހަރާއި ހަތް މަސް
  • މުހައްމަދު އިބްރާހީމް ދީދީ - ނުވަ އަހަރާއި ހަތަރު މަސް
  • ޖާދުﷲ އިސްމާއީލް - ފަސް އަހަރާއި 29 ދުވަސް
  • އައިމިނަތު ވަހީދާ - 28 އަހަރާއި ދެމަސް

މި ހަފްލާގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ވަނީ ރިޓަޔާ ކުރި މުވައްޒަފުން އެމްޕީއެލް އަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެފަދަ ހިދުމަތްތެރި ބޭފުޅުން ކުންފުންޏާ ވަކިވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެ ބޭފުޅުން ކުންފުންޏަށް ކޮށްދީފައިވަނީ އަގުހުރި ހިދުމަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.