ޓޫރިސްޓް އެރައިވަލް

ހަފުތާއެއްގެ އެނަލައިޒް: ކުރިއެރުން ޔޫކޭ، އިންޑިއާ މާކެޓުން

ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑު ކުރިއެރުމެއް ލިބެމުން އަންނަނީ އިނގިރޭސިވިލާތާއި އިންޑިއާ މާކެޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް މިމަހުގެ 10 އަކުން 17 އަށް ހަފުތާ އަކަށް އެނަލައިޒްކޮށް ބަލައިލުމުން ފެންނަ ގޮތުން މިހާރު އެންމެ ބޮޑަށް ކުރިއަރަމުން ދަނީ އިނގިރޭސިވިލާތާއި އަދި އިންޑިއާގެ ޓޫރިޒަމް މާކެޓުންނެވެ.

ޔޫކޭ އިން ހަފުތާއެއްގެތެރޭ 4،064 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ ގައުމުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 580 މީހުން އައިސްފައިވާ ކަމަށް ދައްކަ އެވެ. އަދި އިންޑިއާ އިން ހަފުތާއެއްގެތެރޭ 4،910 މީހުން އައިސްފައިވެ އެވެ. އެ ގައުމުން ދުވާލެއްގެ މައްޗަށް 701 މީހުން އައިސްފައިވެ އެވެ.

ހަފުތާއެއްގެ ތެރޭ 10 މާކެޓުގެ ކުރިއެރުން

  • ރަޝިއާ - 1،191 ޓޫރިސްޓުން
  • ޔޫކޭ - 4064 ޓޫރިސްޓުން
  • އިންޑިއާ - 4،910 ޓޫރިސްޓުން
  • ޖަރުމަނު ވިލާތް - 3،146 ޓޫރިސްޓުން
  • އިޓަލީވިލާތް - 2،500 ޓޫރިސްޓުން
  • ފްރާންސް - 589 ޓޫރިސްޓުން
  • އެމެރިކާ - 2016 ޓޫރިސްޓުން
  • ޔޫކްރެއިން - 72 މީހުން
  • ސްވިޒަލޭންޑް - 756 ޓޫރިސްޓުން

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އަދިވެސް އޮތީ މިހާރު ހަނގުރާމައެއްގެ ތެރޭގައި އޮތް ރަޝިއާ އެވެ. އެ ގައުމުން ހަފުތާއެއްގެ ތެރޭގައި އައިސްފައިވަނީ 1،191 މީހުންނެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ބަލާނަމަ އެ ގައުމުން ރާއްޖޭގެ ޓޫރިޒަމަށް ކުރަމުންދާ ހިއްސާ ދަށްވަމުންދާތަން އެބަ ފެނެ އެވެ. ހަފުތާއެއްގެ ތެރޭގައި އެ ގައުމުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އައިސްފައިވަނީ ގާތްގަނޑަކަށް 170 މީހުންނެވެ.

މި މަހުގެ 10 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ހިސާބު ތަކުން ދެއްކީ ރަޝިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިގައި އޮތް ތަނެވެ. ނަމަވެސް ފެބްރުއަރީ ފަހުކޮޅު ރަޝިއާ އިން ޔޫކްރެއިން އަށް އަރައިގަނެ ފެށި ހަނގުރާމައާއެކު އެ ގައުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ގައުމުން ބޭރަށްދާ މީހުންގެ އަދަދު ދަށްވަމުންދާތަން މިހާރު ވަނީ ފެންނަން ފަށާފަ އެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން ރާއްޖޭގެ ޓޫރިޒަމްގައި 14.8 ޕަސެންޓް ހިއްސާ ކުރި އެވެ. ނަމަވެސް މިމަހުގެ 17 ގެ ނިޔަލަށް ބަލާނަމަ މި ހިއްސާ ވަނީ 13.7 އަށް ވަނީ ވެއްޓިފަ އެވެ.

ރަޝިއާ، ޔޫކްރޭންގެ ހިއްސާ ދަށަށް

އެ ގައުމުން ހަފުތާއެއްގެ ތެރޭގައި އައިސްފައިވަނީ 1،191 މީހުންނެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ބަލާނަމަ އެ ގައުމުން ރާއްޖޭގެ ޓޫރިޒަމަށް ކުރަމުންދާ ހިއްސާ ދަށްވަމުންދާތަން އެބަ ފެނެ
އެވެ. ހަފުތާއެއްގެ ތެރޭގައި އެ ގައުމުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އައިސްފައިވަނީ ގާތްގަނޑަކަށް 170 މީހުންނެވެ.

މި މަހުގެ 10 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ހިސާބު ތަކުން ދެއްކީ ރަޝިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ތަނެވެ. ނަމަވެސް ފެބްރުއަރީ ފަހުކޮޅު ރަޝިއާ އިން ޔޫކްރެއިން އަށް އަރައިގަނެ ފެށި ހަނގުރާމައާއެކު އެ ގައުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ގައުމުން ބޭރަށްދާ މީހުންގެ އަދަދު ދަށްވަމުންދާތަން މިހާރު ވަނީ ފެންނަން ފަށާފަ އެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން ރާއްޖޭގެ ޓޫރިޒަމްގައި 14.8 ޕަސެންޓް ހިއްސާ ކުރި އެވެ. ނަމަވެސް މިމަހުގެ 17 ގެ ނިޔަލަށް ބަލާނަމަ މި ހިއްސާ ވަނީ 13.7 އަށް ވަނީ ވެއްޓިފަ އެވެ.

ހަނގުރާމައިގެ ސަބަބުން މުޅި ގައުމު ހުއްޓިފައިވާ ޔޫކްރޭން މާކެޓު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ދައްކަ އެވެ. އެ ގައުމަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހަ ގައުމުގެ ތެރޭގައި ކުރިން އޮތްނަމަވެސް މިހާރު އެ ގައުމު ވަނީ ޓޫރިޒަމް ގަދަ ލިސްޓުގެ ފުލަށް ވެއްޓިފަ އެވެ. ހަފުތާއަކަށް ބަލާނަމަ އެ ގައުމަށް ނިސްބަތްވާ 72 މީހުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 359،271ޓޫރިސްޓުން އައިސްފައިވެ އެވެ.