ފައްޔާޒް އިސްމާއީލް

އެމްޑީޕީގައި ތިބީ ތޯތޯ ވާހަކަ ތަކަށް ހެއްލޭ ވަރަށްވުރެ މާގަދަ ބައެއް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި ތިބީ ތޯތޯ ވާހަކަ ތަކަށް ހެއްލޭ ވަރަށް ވުރެ މާގަދަ ބައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ފައްޔާޒު ވަނީ ތިލަދުންމަތީ އުތުރުގެ ރަށްތަކަސް ވަޑައިގެންފައެވެ. އެ ދަތުރާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ ބޮޑުތިލަދުންމަތީގެ އެމްޑީޕީގެ ބިޔަ ލަޝްކަރު ކިޔުއްވި މަރުހަބާ އާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުން މީކީ ތޯތޯ ވާހަކަ ތަކަށް ހެއްލޭ ވަރަށް ވުރެ މާގަދަ ބައެއްކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އަދި އުތުރުގެ ދަތުރާއެކު އެމްޑީޕީ ހިންގާލަން ލިބުނު އިތުރު ހިތްވަރެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ބޮޑުތިލަދުންމަތީގެ އެމްޑީޕީގެ ބިޔަ ލަޝްކަރު ކިޔުއްވި މަރުހަބާ އަދި ބައްދަލުވެ ދެކެވުނު ވާހަކަތަކުން އިނގެނީ މީކީ ތޯތޯ ވާހަކަ ތަކަށް ހެއްލޭ ވަރަށް ވުރެ މާގަދަ ބައެއްކަން. މިއީ އެމްޑީޕީ ހިންގާލަން އަޅުގަނޑުމެނަށް ލިބުނު އިތުރު ހިތްވަރެއް. ޝުކުރިއްޔާ ބޮޑު ތިލަދުންމަތި،" ފައްޔާޒު ވިދާޅުވިއެވެ.

މި އިންތިހާބުގައި ފައްޔާޒުއާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ގައުމީ މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ އަރިސް އަދި ވަފާތެރި މެންބަރުންގެ ތާއީދު އޮތީ އިންތިއަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ގެންދަވަނީ އިންތި ހޮއްވެވުމަށް ރަށްރަށަށް ދަތުރުކުރައްވާ ކެމްޕެއިން ކުރައްވަމުންނެވެ.