ގާފަރު ގެސްޓް ހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ގާފަރު ގެސްޓް ހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އަންހެނެކެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 28 އަހަރުގެ ޒުވާން އަންހެނެކެވެ. އެއީ އއ އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށް އެނގިފައިވެއެވެ.