މީރާ

މީރާ އިން ރޯދަ މަހު ހިދުމަތްދޭ ވަގުތު ކަނޑައަޅައިފި

Mar 29, 2022

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އިން ރޯދަ މަހު ހިދުމަތްދޭ ވަގުތު ކަނޑައަޅައިފި އެވެ.

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މީރާ އިން ހިދުމަތް ދޭން ނިންމާފައިވަނީ ރަސްމީ ދުވަސް ތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

މީރާ އިން ހިދުމަތް ދޭން ނިންމާފައިވަނީ ނަންބަރު ނަގާ ތަރުތީބުންނެވެ. މީރާގެ ސާވިސް ސެންޓަރުންނާއި މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިޔުބީ އެޕްލިކޭޝަނުން ނަންބަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މީރާ އިން ބުނީ އެ އިދާރާ އިން މިހާރު ވެސް އޮންލައިންކޮށް ދެމުންދާ ހިދުމަތްތައް ރޯދަ މަހުވެސް އޮންލައިންކޮށް ލިބޭނެ ކަމަަށެވެ.

ސަރުކާރުން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ކުރިއަށް އޮތް އޭޕްރީލް ދޭއްވާ ހޮނިހިރު ދުވަހެވެ.

މީރާގެ އިތުރުން ބޭންކްތަކާއި ސަރުކާރުގެ އިދާރާތަކުން ވެސް ރޯދަ މަހު ހިދުމަތް ދޭ ވަގުތު މަދުކޮށް ހިދުމަތް ދޭނެ ވަގުތު މިހާރު ވަނީ ހާމަކޮށްފަ އެވެ.