އެމްޓީސީސީ

ކުމުންދޫގެ ނެރު ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

Apr 1, 2022

ހދ. ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރާނެ އެވެ. އަދި 4954.91 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކޮށް އަދި 142 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މީގެ އިތުރުން 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫއަކީ 35.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކުމުންދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ކުމުންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ރަށުގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.