ވިޔަފާރި

"މައި ޕީސީ" ޝޯރޫމާއި ސާވިސް ސެންޓަރު ހުޅުވައިފި

"މައި ޕީސީ" ގެ ޝޯރޫމާއި ސާވިސް ސެންޓަރު ހުޅުވައިފި އެވެ.

މައި ޕީސީ ޝޯރޫމާއި ސާވިސް ސެންޓަރަކީ ރާއްޖޭގައި އަސޫސް ބްރޭޑްގެ އޮތޮރައިޒް ސޯލް ޑިސްޓރިބިއުޓާ ޝިޕް ހަމައެކަނި ކުންފުނި ކަމަށްވާ އައިޓެކް ރިޕަބްލިކް ޕްރިއިވެޓް ލިމިޓަޑް ހިނގާ ތަނެކެވެ. މައި ޕީސީގެ ޝޯރޫމަ އަދި ސާވިސް ސެންޓަރު ހުންނަނީ ހެންވޭރު ސިއްކަ ގޯޅީގަ އެވެ.

މި ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އައިޓެކް ރިޕަބްލިކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސާމިއު އަންވަރު ވިދާޅުވީ މައި ޕީސީ ޝޯރޫމް އަކީ އަސޫސްގެ އޮރިޖިނަލް ޕްރޮޑަކްޓުތައް އަދި ސްޕެއާ ލިބެން ހުންނާނެ ޝޯރޫމް އެއް ކަމަށެވެ. އެގޮތުން ގްރެފިކްސް ކާޑާއި މަދަބޯޑު އަދި ޑެސްޓޮޕް މޮނީޓަރު ފަދަ ޕްރޮޑަކްޓްސް އާއި އެތަކެތި ސާވިސް ކޮށްދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.


ސާމިއު ވިދާޅުވީ ގޮތުގައި މައި ޕީސީ އިން ވިއްކާނީ އަސުސް އޮރިޖިނަލް ޕްރޮޑަކްޓްސް ކަމަށާއި އަދި ހުރިހާ ސްޕެއާ އަކަށް ސާވިސް ލިބޭ އިރު އެޝޯރޫމް އިން ގަންނަ ކޮންމެ އަސުސްގެ ޕްރޮޑަކްޓަކަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ވޮރެންޓީ އެއް ލިބޭނެ ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑުމެންގެ އަމާޒަކީ ހަމައެކަނި އަޅުގަނޑުމެންގެ ބިސްނަސް ބޮޑުވުމެއް ނޫން. އުޅުގަނޑުމެންނާއި އެއްކޮށް އެހެން ކުންފުނިތައް ވެސް ގްރޯ ކުރަން އެބަ ބޭނުންވެ. އެހެންކަމުން އަސުސް ބްރޭޑް ހިޔާލު ކުރާ އިތުރު ޑީލާސް އިންނަށްވެސް ރަނގަޅު އަގެއްގައި މި ޕްރޮޑަކްޓް މާކެޓް ކުރުމުގެ ފުރުސަތު ލިބޭނެ،" ސާމިއު ވިދާޅުވި އެވެ.