އިމްރާން އަބްދުﷲ

ގައިދީންގެ ހާލަތު އޮޅުންފިލުވުމަށް ރޯދަވީއްލުމަކަށް

Apr 2, 2022

ހޯމް މިނިސްޓަރު އިމްރާން އަބްދުالله، މާފުށި ޖަލުގެ ބައެއް ގައިދީންނާ އެކު މިއަދު ރޯދަ ވީއްލުމުގައި ބައިވެރިވެއްޖެ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރު އިމްރާން، މިއަދު މާފުށި ޖަލަށް ވަޑައިގެން ގައިދީންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެން, އެ މީހުންގެ ކަންބޮޑުވުންތައް އައްސަވާފައިވާ ކަމަށެވެ. އަދި ރޯދަމަހު ގައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ގައިދީންނާއެކު ވާހަކަ ދެއްކެވި ކަމަށެވެ.

"ގައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ގައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް،" ގައިދީންނާއެކު ރޯދަވީއްލެވުމަށްފަހު މިނިސްޓަރު ވިދާޅުވިއެވެ.

ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން އިމްރާން ވަނީ ނިންމަވާފައެވެ.