މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ އިމާރަތަކުން ވެއްޓުނު ކުއްޖާ މަރުވެއްޖެ

ހުޅުމާލޭ އިމާރާތެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާ މަރުވެއްޖެ އެވެ.

އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ވެއްޓުނީ ހުޅުމާލެ ޕިކްޕޯސްޓް ކައިރީ ހުރި ގެއެއްގެ ފަސްވަނަ ފްލޯ އިންނެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތުދެއްވާފައިވާ ކަމަށެވެ. އެކުއްޖާ ވެއްޓިފައި އޮއްވާ ނެގި އިރު ބޭރުފުށުން އެއްވެސް ޒަހަމެއް ނެތެވެ. އެކަމަކު ވެއްޓުނު ގޮތަށް އޮތީ ހޭނެތިފަ އެވެ.

އެ ހާދިސާއަށް ފަހު ކުއްޖާއަށް އެމެޖެންސީގައި ފަރުވާ ދެމުން ދިޔައީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. ކުއްޖާ ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހަށް ކޮށްފައި ވަނީ ރޭ 12:30 ހާއިރު އެވެ.