މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ރޯދަމަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރޯދަމަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީ އިން އާންމުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. މިގަޑިތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މި ވަގުތު ފެނާއި ކައްކާ ގޭސް ވެސް ބުރިޖު ހުރަސްކޮށް ގެންދެވޭނެ އެވެ.

އެކަމަކު ބުރިޖު މަތިން ގަނޑުކޮށް ވިޔަފާރި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ. މުދާ އުފުލާ އުޅަނދުތައް ބުރިޖަށް އަރަން ޖެހޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މި ނޫން ގަޑިތަކުގައި މުދާ އުފުލުމަކީ މަނާކަމެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ ރޯދަމަހުގެ އިތުރުން ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލާން ޖެހޭނީ މި ގަޑިތަކުގައި ކަމަށެވެ.