ސިއްހަތު

ޕާކިންސަން ވާރުތަވާ ނުރައްކާތެރި ބައްޔެއް!

ޕާކިންސަން އަކީ ސިކުނޑިއަށް އަންނަ އުނި ކަމެއްގެ ސަބަބު އިންސާނުންނަށް ޖެހޭ ނުރައްކާތެރި އަދި އާއިލީ ގޮތުން ވާރުތަވާ ބައްޔެކެވެ. މި ބަލީގެ އަލާމަތް ތަކުގެ ތެރޭގައި މީހާ ކުއްލިޔަކަށް ހުއްޓުން ހިމެނެ އެވެ. ހިނގާ އުޅުމަށް ދަތިވުމާއި އެއްޗެހީގައި ހިފުމުން ބައެއް ހާލަތް ތަކުގައި މަހުރޫމް ވެއެވެ. އަދި ހެލިފެލިވެ އުޅުމުގައި ވެސް ދައްޗާ ކުރިމަތި ކުރުވަ އެވެ. ހަށިގަނޑުގެ އެކި ގުނަވަންތައް އައްސިވެ ކުރިޔަށް އަޅާ ފިޔަވަޅުމަތީ އެތައް އިރެއްވަން ދެން ހުންނަން ޖެހޭ ފަހަރު ގިނަވާކަން ބަލީގެ ކުރީ ކޮޅުގައި ފާހަގަ ވާނެއެވެ. ހަށިގަނޑުގެ ގުނަވަންތައް ސިކުނޑިއަށް ކިޔަމަން ނުވެ މީހާގެ މުޅި މޫޑް ބަދަލު ކޮށްލަ އެވެ. ޕާކިންސަން ޖެހުމުން ވާހަކަ ދެއްކުމުން މަރްހުމް ކޮއްލާތަން ވެސް ފެނެ އެވެ.

މީގެ އިތުރުން ހަނދާން ނެތުމާއި ހަށިގަނޑުގެ މަސްތައް ހަރުވެ ދުވަހުން ދުވަހަށް ކުރަން ހުންނަ މަސައްކަތްތައް ނުކުރެވި ދާއިރު އެއްޗެސް ކަމަކާ ނުލާ ކަންކަމާ ރުޅި އައުން ވެސް އެއީ މި ބަލީގެ އަލާމާތެކެވެ.

ޕާކިސަން ބަލި ޖެހުމަށް ދިމާވާ ސަބަބު ތަކުގެ ތެރެއިން އެއް ސަބަބަކީ ދިރިއުޅުމުގައި ދިމާވާ އެކި ހާދިސާތައް ތަހައްމަލު ކުރަމުން ގޮސް ބައެއް މީހުންނަށް ނަފްސާނީ ގޮތުން ކެއްކުރަން އުނދަގޫ ހާލަތްތަކަށް ދިއުމެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ހޯމޯންސްތައް ބަދަލުވެ ކެއުމާއި ދުރުވުމާއި، ކުރިން ދިރިއުޅެމުން އައި ގޮތްތައް ބަދަލުވެ ބަލި ޖެހެން ދިމާވެ އެވެ.

މާ ގިނައިން ކެމިކަލް ތަކުގެ ތެރޭގައި އުޅުން ވެސް އެއީ މި ބެލި ޖެހި ދާނެ ސަބަބެކެވެ. ހާއްސަކޮށް ދަނޑު ހައްދާ މީހުން މި ކަމަށް ސަމާލް ކަން ދިނުން މުހިންމުވެ އެވެ. އެއީ، ގަސްތަކަށް ރަނގަޅު މިންވަރަށް ވުރެން އިތުރަށް ކެމިކަލްތައް އަޅާ، އަވަހަށް ގަސްތައް ރުވާ ރޯ ކުރުމުގެ ބޭނުމުގައި ގިނަ އަދަދެއްގެ ކެމިކަލްތައް އެއްކޮށްގެން ކާނާ ދިނުމުގައި އުޅެވޭތީ އެވެ.

ޕާކިންސަން ބައްޔަކީ ދެ ޖިންސުގެ މީހުންނަށް ވެސް ޖެހޭ ބައްޔެކެވެ. ނަމަވެސް 50 ޕަސެންޓަށް ވުރެ ގިނައިން ޖެހެނީ ފިރިހެނުން ނަށެވެ. އަދި ޕާކިސަން ބޮޑަށް ޖެހެނީ 60 އަހަރުން މަތީގެ މީހުންނަށްށެވެ. ނަމަވެސް މި ބަލި ފުރާވަރުގެ ކުދިންނަށް ވެސް ޖެހިދާނެ އެވެ.

މި ބައްޔަށް ހާއްސަ ފަރުވާއެއް އަދި ހޯދިފައި ނެތް ނަމަވެސް ބަލީގެ ކުރީ ކޮޅު އާންމު ފަރުވާތައް ލިބިއްޖެ ނަމަ ކޮންމެވެސް ވަރެއްގެ ލުއި ތަކެއް ލިބެ އެވެ. ކޮންމެ ދުވަހަކު ވެސް ކަސްރަތުކޮށް، ލިބޭ މިންވަރަކުން ރަނގަޅު ކާނާ ބޭނުން ކުރުމުން، ހަށިގަނޑުގެ ލޭގެ ހިނގުން ހަމަޔަކަށް އެޅި ކުރާ މަސައްކަތް ތަކަށް ލުޔެއް ލިބިގެން ދާނެ އެވެ.

ހަތްދިހައިގެ އަހަރު ތަކުގެ ތެރޭ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީ ގެ ކެރިއާއަށް އައި ބަދަލުތަކުން ގިނަ ބަޔަކު ހައިރާން ކުރުވި އެވެ. އެއީ އޭނާގެ ހުނަރަށާއި ވާހަކަ ދެއްކުމަށް ބަދަލުތަކެއް އަންނަން ފެށުމުންނެވެ. އޭގެ ފަހުން 1984 ގެ ކުރިން 42 އަހަރުގެ މުހައްމަދު އަލީގެ އެ ބައްޔަށް ފަރުވާ ފެށުނީ އޭނާގެ ބޮކްސިން ކެރިއަރު ދޫކޮށްލިތާ ތިން އަހަރު ފަހުންނެވެ.

އޭނާގެ ބޮކްސިން ކެރިއާ ދޫކޮށްލަން ޖެހުނީ ކަންތައްތައް ކުރުމުގައި މަޑުޖެހުމާއި ފާހަގަ ވާވަރަށް އަތްވެސް ތުރުތުރު އަޅަން ފެށުމުންނެވެ. ނަމަވެސް އޭނާވީ ޕާކިންސަން ބަލިީގައިި ވެސް އެހެންމީހުންނަށް ނަމޫނާ ދެއްކި ޝަހުސިއްޔަތަކަށެވެ.