މޯލްޑިވްސް ޕޮލިސް ސާވިސް

ހޭނެތިފައި އޮއްވާ މޫދުން ނެގި މީހާ ރަނގަޅުވެއްޖެ

Apr 5, 2022

ހުޅުމާލެ ފަޅުތެރެއިން ހޭނެތިފައި އޮއްވާ ފެނުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހުޅުމާލެ ފަޅުތެރެއިން ހޭނެތިފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިފައިވާ ކަމަަށެވެ. އަދި ހޮސްޕިޓަލްގައި އޭނާއަަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ. އެހެން ކަމުން އެ މީހާ މޫދަށް ވެއްޓުނު ސަބަބެއް ސާފެއް ނުވިއެވެ.