ލައިފްސްޓައިލް

ފޮނިތޮށިން އެތައް ފައިދާއެއް ލިބޭ

ފޮނިތޮއްޓަކީ އޭގެ ޒާތުގައި އެންޓި އޮކްސިޖަން ހިމެނޭ، ނުވަތަ ވަކި ކަހަލަ ސެލްސް ތަކެއްގެ ބާރު ކަނޑުވާލައިދޭ އެއްޗެކެވެ. މީ ސިއްހަތައް ފައިދާ ކުރުވަނިވި އެތައް ރޯލެއް އަދާ ކުރާ ހަވާދުގެ ގޮތުގައި ބޭނުންކުރާ، ސަޔާއެކު މީރު، ގައިގެ ހަންގަނޑަށް ވެސް ތާޒާކަން ގެނުވާ ބާވަތެކެވެ.

އެކި ފަހަރު މަތިން ސައިންސިސްޓުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ބަނޑުގެ މަސްގަނޑު ހިންދާލުމަށް ހަމަ ވެސް ފޮނި ތޮށި ރަނގަޅެވެ. -- އެކަނި ފޮނިތޮށި ބޭނުން ކުރުމަކުން ނުފުދޭނެ އެވެ. -- މީގެ އިތުރުން ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުން ކުރުން ވެސް މުހިއްމެވެ.

މޫނުގަ ނަގާ ބިހިތައް ނައްތާލުމަށް ފޮނިތޮށިގެ ބޭނުން ކުރުމުން އޭގައި ހިމެނޭ އެންޓި ފަންގަލް، އެންޓި އޮކްސިޖަން، ބެކްޓީރިއާތައް ނައްތާލުމަށް އެހީވެދެ އެވެ. އަދި ހަށިގަނޑު ގައި އުފެދޭ ގަނޑު ލޭތައް ވެސް ދައުރު ކުރުވުމުގަ އެހީތެރިވެދޭ ބައިވެރި އެކެވެ.

ފޮނިތޮށިގައި ހުންނަ ގަދަ ވަހަކީ އޭގަ އެކުލެވިގެންވާ ތެލުގެ ސަބަބުން ދުވާ ވަހެއް ކަމުގައި ސައިންޓިސްޓުންގެ ހޯދުންތަކުން ވަނީ އެނގިފަ އެވެ. އަދި މީ ހަށިގަނޑު ގެ މެޓަބޮލިޒަމް ވެސް ވަރުގަދަ ކޮށްދޭ ބާވަތެކެވެ.

ފޮނިތޮއްޓަކީ އޭގެ ގަހުގެ ގޮފިތައް ބިންދައިގެން ނަގާ ގޮފިތަކުގެ އެތެރޭގައި ހުންނަ މަޑުބައެވެ. މީ ބައި އަތްވައްލާ ހިއްކުމުން މިހާރު ފިހާރާތަކުން ލިބެން ހުންނަ ފޮނިތޮށި އޮޅިފަ ހުންނަ ގޮތައް އޮޅިފައި ހުންނަނީ އެވެ.