ހަބަރު

ކޮމަންޑޫ އާއި ހޮޅުދުއަށް އުދައަރައި ގެއަކަށް ގެއްލުންވެއްޖެ

ށ. ކޮމަނަޑޫ އަދި ނ. ހޮޅުދޫއަށް އުދަ އަރައި ކޮމަންޑޫ ގެއަކަށް ގެއްލުން ލިބިއްޖެ އެވެ. ރޭ ދަންވަރު ކޮމަންޑޫ އަށް އުދަ އެރުމުގެ ސަބަބުން އެރަށުގެ ގެއަކަށް ލޮނުވަދެ ކަރަންޓް ކަނޑައިގެން ގޮސްފަ ބައެއް ތަކެއްޗަށް ގެއްލުން ލިބުނެވެ. އަދި އުދައިގައި ގެއްލުން ލިބުމުން ރޭގެ ވަގުތެއްގައި އެގޭގެ މީހުން ވަނީ އެހެން ގެއަކަށް ބަދަލުކުރަން ވެސް ޖެހުނެވެ.

ރޭ ކޮމަންޑޫއަށް އެރި އުދައިގައި އެރަށު އިރު އުތުރު ފަރާތުން 300 ފޫޓެއްހާ އެއްގަމަށް ރާޅުއެރި އެވެ.
އަ

ހޮޅުދޫ އަށް އުދަ އެރީވެސް ރޭ ދަންވަރު އެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި އެއްވެސް މުދަލަކަށް ގެއްލުން ނުލިބެ އެވެ.

އެރަށު ކައުންސިލް ރައީސް މާޔިޒު މުހައްމަދު ވިދާޅުވީ ރޭ އެރި އުދައިގައި ރަށު 150 ފޫޓާ ހަމައަށް ފޫޓަކަށް ލޮނުގަނޑު ބޮޑުވި ކަމަށާއި އުދަ އަރާފައިވާތީ ރައްކާތެރި ކަމަށްޓަކައި ގޮނޑުދޮށާއި ކައިރި ހިސާބުގައި ދިރިއުޅޭ ގެތަކުގައި ވެލި ބަސްތާ ޖަހަފައިވާ ކަމަށެވެ.

ކޮމަންޑު އަށާއި ހޮޅުދޫއަށް އެރި އުދައަކީ އިރުވައި މޫސުމުގެ ހަޅައިގެ ސަބަބުން ދިޔަވަރު ބޮޑު ވަގުތުގައި އެރި އުދަކަމަށް ލަފާކުރެވޭ ކަމުގައި އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުން ވަނީ ބުނެފަ އެވެ.