މާފުށީ ޖަލު

ގައިދީންނަށް ހާއްސަ ފުޓްސަލް ދަނޑެއް ހަދަނީ

Apr 7, 2022
1

ގައިދީންނާާއި އޮފިސަރުންނަށް ފުޓްސަލް ދެ ދަނޑު ތަރައްގީ ކުރުމަށް ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަަށްވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަ ޖެހޭ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަަަށެވެ.

އަދި އެ ފުރުސަތު ތަނަވަސްކޮށް ދިނުމަަށް ވަސީލަތްތައް ތަރައްގީ ކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

އެހެން ކަމުން ގައިދީން އަދި އޮފިސަރުންނަށް ފުޓްސަލް ދެ ދަނޑު ތަރައްގީ ކުރުމަށް އެ އިދާރާއަށް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.