ސިއްހަތު

ބަނޑުގެ ރިހުންތަކަށް ސަމާލުވާންޖެހޭ!

އަންހެން ކުދިން ފުރާވަރަށް އަޅާ ދުވަސްކޮޅު ބަނޑުގެ ރިހުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެއެވެ. އެކި ކުދިންނައް އެކި ގޮތްތަކެވެ. އެއްބައި ކުދިންގެ މި ދުވަސް ވަރަށް ބޮޑުވަރު ވެއެވެ. ތަދު ބޮޑުވުމުންގެ ސަބަބުން އެމަޖެންސީގައި ހޮސްޕިޓަލަށް ދާންޖެހޭ ފަހަރު ގިނަވާތަން ވެސް ފެނެއެވެ. ޑޮކްޓަރީ ބޭހެއް، ހާއްސަކޮށް މައްސަރު ތަދުތަކަށް ހެދިފައި ނުވާތީ ޑޮކްޓަރުން ދެނީ ތަދުކަނޑުވާ ބޭސްތަކެވެ. އެކިކަހަލަ ބާރުގަދަ ކެމިކަލްތައް އެކުލަވައިލައިގެން އުފައްދާފަ ހުންނަ ބޭސް އާންމުކޮށް ބޭނުން ކުރުން ރަގަނޅެއް ނުވާނެ އެވެ.

ގޭތެރޭގައި ވެސް މިކަހަލަ ހާލަތް ތަކުގައި ބައެއް ފަރުވާ ދެވިދާނެ އެވެ. ބަނޑުގައި ރިއްސާ ވަގުތު ހޫނުފެން ހަމެއް ބަނޑުމަތީ ގައި ބޭއްވިދާނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ބަނޑުގައި ހުންނަ ގަނޑުލޭތައް ދައުރު ވުމުގަ އެހީތެރި ވެއެވެ. ހޫނު ހަމެއް ނެތްނަމަ ހޫނު ފެންތެރެއަށް ތުވާއްޔެއް ކަހަލަ އެއްޗެއް ލާފަ ވެސް ބަނޑުމަތީ ބޭއްވިދާނެ އެވެ. އަދި މި ދުވަސްކޮޅު ކެއުމުގައި ދޮންކޭލާއި ބަތާއި އެޕަލްސޯސް އަދި ޓޯސްޓް ބެނުން ކުރުމުން ރަނގަޅު ކަމަށް ދިރާސާތަކުން ހޯދިފައި ވެއެވެ.

ބައެއް ސައިންވެރިން ވިދާޅުވާ ގޮތުގައި ލުނބޯ ޖޫހާއެކު ކުޑަ ބޭކިންސޮޑާކޮޅެއް އެއްކޮށްލައިގެން ބުއިމުން ބަނޑުގެ ބަލިތަކަށް ޝިފާލިބެ އެވެ.

ބަނޑުގެ ރިހުމުގައި ވެސް ތަފާތު ގިނަ ވައްތަރުތައް ވެއެވެ. އެއީ މުޅި ބަނޑުން ދިލަ ނެގުން. ކުއްލިޔަކަށް ބަނޑަށް އަރާ ތޫނު ތަދުތަކާއި އުނދަގޫ ގޮތެއް ހުންނަ ތަދުތަކާއި މައްސަރުގެ ދުވަސްވަރު ގަނޑު ލޭ ފައިބާ ވަގުތު އަރާ ތަދުތަކެވެ. ބަނޑަށް އަރާ ތަދުތަކުގެ ސީރިއަސް ކަން ގިނަ ފަހަރު ނޭނގެ އެވެ. ކެންސަރު ބަލީގެ މީހުން ބަނޑުގަ ރިއްސާނަމަ ލަސް ނުކޮށް ޑޮކްޓަރީ ފަރުވާ ހޯދަން ޖެހެ އެވެ.

ބަނޑުގައި ގޭސް އުފެދި ބަނޑުގައި ރިއްސާ މީހުންނަށް ދިމާވަނީ ބަނޑުގައި އުފެދޭ ވައިރަހެއްގެ ސަބަބުންނެވެ. އަދި ހަށިގަނޑަށް ނުރައްކާތެރި ބަނޑުގެ ބައްޔެއް ކަމަށްވާ ކޮލޮން ކެންސަރު ނޫނީ އެޕެންޑިސައިޓިސްޓްގެ ކުރީ ކޮޅުގައި ކުދި ތަދު ނޫނީ އެއްވެސް ވަރަކަށް ތަދު ނުވުން ވެސް ގާތެވެ. މިކަމުގެ ސީރިއަސްކަން މުހިންމު ވަނީ ބަނޑުގެ ރިހުމުގައި އެކި ބަލީގައި އެކި އަލަމަތްތައް ފެންނަމުން ދާތީއެވެ. އެހެންވެ ގޭގައި ދެވޭ ފަރުވާގެ އިތުރުން ޑޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދުން މުހިންމެވެ.

ބަނޑުގައި މަޑު ރިހުމެއް ހުންނަނަމަ ދިޔާތަކެތި ބޭނުން ކުރުމުން ކޮންމެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. ފުރަތަމަ ތިން ގަޑިއިރު ވަންދެން ހަރު ކާނާ ބޭނުން ކުރުން ހުއްޓާލަންވާނެ އެވެ. ފުރަތަމަ ހަ ގަޑިއިރު ތެރޭ ހޮޑުލައި ގޮތްތައް ވާނަމަ، ދިޔާ ތަކެތީގެ އިތުރުން މަޑު ކާނާ ބޭނުން ކުރަންވާނެ އެވެ. ކައި ނިމުމުން ބަނޑަށް ތަދުވުމުގެ އިތުރުން ދިލަ ނަގާ ގޮތްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.

ބައެއް ހާލަތް ތަކުގަ ބަނޑުގެ ރިހުން ދިގުލައިގެން ވެސް ދެއެވެ. ހަފުތާއަކަށް، 24 ގަޑިއިރަށް، 48 ގަޑިއިރު ވަންދެންވެސް ސީރިއަސް ކަމެއް ނެތި ބަނޑުގައި ރިއްސަ އެވެ. ނަމަވެސް ދެ ދުވަހަށް ވުރެން ރިހުން ދިގުލާނަމަ އަދި ބޭރަން ހިންގުން ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

ކުއްލި ކުލިއަށް ބަނޑުގައި ރިއްސާނަމަ ކިޑްނީގައި ހިލަ ހުރުން އެކަށީގެން ވެއެވެ. އާންމުކޮށް ބަނޑުގައި ރިއްސާނަމަ އެއީ ހަށިގަނޑުގެ ގުނަވަނަކަށް ޖެހޭ މައްސަލައަކުން ރިއްސާ ރިއްސުމަކަށް ވެދާނެ އެވެ. ނޫނީ ގޯލް ބްލެޑާ، އެޕެންޑިކްސްގެ ކޮންމެސް މައްސަލައެއް ދިމަވުމުން ރިއްސާ ރިއްސުމަކަށް ވުން އެކަށީގެން ވެއެވެ.