ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ކިޔައިދެނީ

Apr 14, 2022

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތު ބަހުރުވައިން -- ސައިން ލެންގުއޭޖް -- ގެނެސްދޭން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ ނިންމުމަކީ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމާއެކު ނިންމެވި ނިންވުމެއް ކަމަށެވެ. އެމަނިކުފާނު އެ ނިންމެވުން ނިންމެވީ އެންމެ ފަހުން އޮތް "ޕްރެކްޓިސް ޕާލަމަންޓް ފޯ ޔޫތު" ގައި އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނަކު އިޝާރާތު ބަހުރުވައިން މަޖިލީހުގެ ޖަލްސާތައް ގެނެސްދޭން އެދުމުންނެވެ.

އެ ދުވަހު، ރައީސް ނަޝީދު ވަނީ އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އެ ޒުވާނާއަށް ދެއްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު ޖަލްސާގައި ދެކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނީ އިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެވެ. ފަޒްނީ އަކީ މިހާރު މަޖިލީހުގެ އިދާރާގެ މުވައްޒިފެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ހުރިހާ ޖަލްސާތަކެއްގައިވެސް ކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނެ ކަމަށާ ކުރިއަށް އޮތްތާ ކޮމެޓީ ބައްދަލްވުންތައްވެސް އިޝާރާތު ބަހުރުވައިން ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.