ދުނިޔެ

އާ އަހަރު ފާހަގަ ކުރަން ސޯނަމް ކަޕޫރު ރާއްޖެއަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސޯނަމް ކަޕޫރު އާ އަހަރު ފެށުން ފާހަގަ ކުރަން ރާއްޖެ އައިސްފި އެވެ.

ސޯނަމް އޭނާގެ ދައްތަ ރިއާ އާއި އެކު އާ އަހަރު ފާހަގަ ކުރަން ރާއްޖެ އަންނަކަން އޭނަ ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ. އަދި އާ އަހަރު ފެށުން ފާހަގަ ކުރަން، ކުރަން ނިންމާފައި ހުރި ކަންތައްތައް މިދިޔަ ހަފްތާގައި އޭނަ ވަނީ އިއުލާނު ކޮށްފަ އެވެ.

"އަޕް އަޕް އެންޑް އަވޭ" ޖެހުމަށްފަހު އޭނާ ވަނީ ސޯޝަލް މީޑީއަށް އޭނާގެ ފޮޓޯތަކެއްވެސް ޕޯސްޓްކޮށްފަ އެވެ.

މިއަހަރަކީ ސޯނަމްގެ ފިލްމީ ކެރިއަރުގައި ކާމިޔާބު އަހަރެކެވެ. "ޕްރޭމް ރަތަން ދަން ޕާޔޯ" އިން އޭނާ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ހަބަރުތައް ބުނާ ގޮތުން އޭނާ މިހާރު އަންނަނީ ނީރްޖާ ނަމަކަށް ކިޔާ ފިލްމެއް ކުޅުމަށް ތައްޔާރުވަމުންނެވެ. - ނީރްޖާ އަކީ ފްލައިޓްގައި ދަތުރުކުރަމުންދިޔަ ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރަން ހިތްވަރާއެކު މަސައްކަތް ކުރަނިކޮށް ދުނިޔެ އާއި ވަކިވެގެންދާ އެއާ ހޮސްޓެސް އެކެވެ.

އާއހަަރު ފާހަގަ ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އާތިފް އަސްލަމްވެސް ވަނީ މިހާރު ރާއްޖެ އައިސްފަ އެވެ. އާ އަހަރުގެ ފެށުމާއި، "ވިޒިޓް މޯލްޑިވްސް އިޔާ" ފެށުމަށް މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވާ ވިޒިޓް މޯލްޑިވްސް އިޔާގެ ޝޯގައި އާތިފް ބައިވެރިވުމަށްވަނީ ހަމަޖެހިފަ އެވެ.

ގެ ކުރިން އަހަރު ފެށުމަށް ބޭއްވި، ޓޫރިޒަމް ކައުންޓް ޑައުން ޝޯއަށް އޭކަން އާއި ބޮލީވޫޑް އަދި އެންމެ މަޝްހޫރު ތަރިން ކަމަށްވާ ބިޕާޝާ އަދި ޕްރިޔަންކާ ވަނީ ބައިވެރިވެފަ އެވެ. އަދި ޖުމްހޫރީ 50 ފާހަގަ ކުރުމަށް ބޭއްވި، މިޔުޒިކް ޝޯގައި ސަނަމް ބޭންޑްއިން ދިވެހި ފަންނާން މީރާ އާ އެކު ހުށަހެޅުންތަކެއް ވަނީ ހުށަހަޅައިފަ އެވެ.