ވިޔަފާރި

ލަންކާގެ ބްރައުންސް ކުންފުނިން ރާއްޖޭގައި ދެ ރިސޯޓް ނިންމައިފި

ސްރީލަންކާގެ ބްރައުން ހޮޓަލްސް އެންޑް ރިސޯޓް އިން ރާއްޖޭގައި ދެ ރިސޯޓު އަޅަން ނިންމައިފި އެވެ.

މިއީ ލަންކާގެ އެންމެ މައްޝޫރު ފައިވްސްޓާ ރިސޯޓު ހިނގާ ކުންފުންޏެއް ކަމަށްވާ ބްރައުންސް ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ގާއިމް ކުރާ ފުރަތަމަ ފަހަރެވެ. އެކުންފުނިން އަންނަނީ މާލޭގައި ހުންނަ ނަސަންދުރާ ޕެލެސް ހޮޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ބްރައުންސް ގްރޫޕުން ލަންކާއިން ބޭރުން ކުރާ ފުރަތަމަ އިންވެސްޓްމަންޓެވެ.

ބްރައުން އިން މިހާރުވެސް އަންނަނީ ލަންކާގައި ބޮޑު ހަތަރު ރިސޯޓެއް ހިނގަމުންނެވެ. އެގޮތުން އެޑަން ރިސޯޓް އެންޑް ސްޕާއާއި، ޑިކްވެއްލަގެ އިތުރުން ދަ ޕެރެޑައިސް އަދި ދަ ކާމް ރިސޯޓް އެންޑް ސްޕާވެސް ވަނީ ހުޅުވައިފަ އެވެ. އަދި އެކުންފުނިން މިހާރުވަނީ އިތުރަށް ފުޅާ ކުރަން ނިންމާ ބޭރު ގައުމެއްގައި އަޅާ ފުރަތަމަ ރިސޯޓަކަށް ރާއްޖޭގައި ދެ ރިސޯޓެއް އަޅަން ނިންމައިފަ އެވެ.

އެކުންފުނިން ރާއްޖޭގަައި މިހާރު ތަރައްގީ ކުރަމުން އަންނަ ނަސަންދުރަ ޕެލެސް ހޮޓަލް އަލުން ތަރައްގީ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 21 ގައި އެވެ. އެތަން ތަރައްގީ ކުރުމަށް 9.5 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.