އެޓާނީ ޖެނެރަލް

ގާނޫނުތަކަށް ހޭލުންތެރިކުރުވަން ކެމްޕޭނެއް ފަށައިފި

Apr 19, 2022
3

ބަންޑާރަނައިބްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ގާނޫނުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނުގެ އަމާޒަކީ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު އާންމުންނަށް އޮޅުންފިލުވައިދިނުމެވެ.

އާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަގުސަދަކީ ގާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންސާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުން ކަމަށް ބަންޑާރަނައިބްގެ އޮފީހުން މައުލޫމާތުދެ އެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ ބަންޑާރަނައިބްގެ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. އެގޮތުން، ޓްވިޓާ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި ކެމްޕޭން ކުރިއަށް ގެންދެ އެވެ.

މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގައި ޔޫއެންޑީޕީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަަށްވެސް ބަންޑާރަނައިބްގެ އޮފީހުން ބުނެފައިވެ އެވެ.