ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ސައޫދީ ފަންޑުގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

Apr 25, 2022

ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް ލޯނުދޭ ސައޫދީ ފަންޑުގެ އިސްވެރިންނާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައްދަލު ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފިނޭންސް މިނިސްޓަރު އަމީރު ސައޫދީ ފަންޑު (އެފްޑީ) ގެ އެންމެ އިސްވެރިޔާ ސުލްތާން އަލް މަރުޝަދުއާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ސައޫދީ ފަންޑުން ބުނީ އެ ފަންޑުގެ ސީއީއޯ ރާއްޖޭގެ ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް ރާއްޖޭގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ސައޫދީ ފަންޑަކީ ރާއްޖޭގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަޝްރޫއަށް ފަންޑުކުރާ އެއް ފަރާތެވެ.