ދުނިޔެ

މިއަހަރު މިލިއަނަކަށް ވުރެ ގިނަ ރެފިޔުޖީން ކަނޑުމަގުން ޔޫރަޕަށް އެތެރެވި!

މިއަހަރު ޖުމްލަ އެއް މިލިއަނަށްވުރެ ގިނަ ރެފިޔުޖީން ކަނޑުމަގަށް އެތެރެވި ކަމަށް އދ. ގެ ރެފިޔުޖީ އެޖެންސީން ބުނެފި އެވެ.

އެ އެޖެންސީން ބުނީ ޔޫރަޕަށް އެތެރެވި މީހުންގެ 80 ޕަސެންޓް މީހުން ދަތުުރުކޮށްފައިވަނީ ގްރީސް އަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް 1،000،573 މީހުންނެވެ. އަދި މިމީހުންގެ ތެރެއިން 844،000 މީހުން ދަތުރުކޮށްފައިވަނީ ތުރުކީގެ ކައިރިންނެވެ.

ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު ދުނިޔޭގެ ގިނަ ގައުމުތަކުން މީހުންދަނީ ޔޫރަޕަށް ހިޖުރަ ކުރަމުންނެވެ. ކަނޑުމަގުން ޔޫރަޕަށް ހިޖުރަ ކުރާ މީހުންގެ އަދަދު އިތުރުވީ 2024 ވަނަ އަހަރުން ފެށިގެންނެވެ.

ކަނޑުމަގުން ހިޖުރަ ކުރާ ރެފިޔުޖީންގެ މިންވަރު އިންތިހާއަށް އިތުރުވިއިރު އެމީހުން ދަތުރުކުރަން ބޭނުންކުރަނީ އެންމެ އެކަށީގެންވާ އުޅަނދު ފަހަރު ނޫން ކަން އދ.ގެ ރެފިޔުޖީ އެޖެންސީން ބުނެއެވެ. އެގޮތުން ގިނަ މީހުން ބޭނުންކުރަނީ ކުދި ދޯނި އަދި ޑިންގީ ފަދަ ތަކެއްޗެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވި 49 ޕަސެންޓް މީހުންނަކީ ސީރިޔާ މީހުންނެވެ. އަދި 21 އިންސައްތަ މީހުންނަކީ އަފްގާނިސްތާނުން ހިޖުރަ ކުރާ މީހުންނެވެ.

ކަނޑުމަގުން ހިޖުރަކުރި މީހުންގެ ތެރެއިން 3،735 މީހުންވަނީ ވަނީ ކަނޑަށް ވެއްޓު ގެއްލިފަ އެވެ.