އައިޖީއެމްއެޗް

އީދަށް އައިޖީއެމްއެޗްގެ އޯޕީޑީ ބަންދު

Apr 28, 2022
1

ކުޑަ އީދު ބަންދުގައި އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލަން ނިންމައިފި އެވެ.

އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފިތުރު އީދާއި މެއި މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސްޕެޝަލިސްޓް އޯޕީޑީ އާއި އެ ހޮސްޕިޓަލްގެ އެހެނިހެން ކްލިނިކަލްތަކުގެ ހިދުމަތްތައް ބައެއް ދުވަސްތަކަށް ބަންދުވާނެ ކަމަށެވެ.

އޯޕީޑީ ބަންދުކުރަން ނިންމާފައިވާ ދުވަސްތަކަކީ ފެށޭ ހަފްތާގެ އާދިއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.

އައިޖީއެމްއެޗް އިން ބުނީ އަންނަ ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އޯޕީޑީގެ ހިދުމަތް އާންމު އުސޫލުން ލިބޭނެ ކަމަށެވެ.

އޯޕީޑީ ބަންދުކުރި ނަމަވެސް އިމަޖެންސީ ހިދުމަތްތައް ކުރިއެކޭ ވެސް އެއްގޮތަށް ދިނުމަށް ނިންމާފައިވެ އެވެ.

ސަރުކާރުން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.