މާފުށި

ރައީސްގެ ދެކަނބަލުން އީދު ދުވަހު މާފުށްޓަށް

Apr 28, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު އީދު ދުވަހު މާފުށްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ ދެކަނބަލުން މާފުށްޓަށް ވަޑައިގަންނަވަނީ އެ ރަށު ކައުންސިލްގެ ދައުވަތަކަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ މާފުށީގައި މިއަހަރުގެ ކުޑަ އީދު ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާތީ އީދުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުންނަށް ދައުވަތު ދީފައިވާނެ ކަމަށެވެ.

ސަލާހް ވިދާޅުވި ގޮތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ އީދު ދުވަހު އޮންނަ ސަގާފީ ޖަފާތެއްގައި އާއި އެ ދުވަހު ހަވީރު އޮންނަ ކުޑަކުދިންގެ ހަވީރުގަ އެވެ.

"ޖާފަތަކީ އީދުގެ ހަރަކާތްތަކުގައި ޕާފޯމް ކުރުމަށް އަޅުގަނޑުމެންގެ ދައުވަތަކަށް ރަށަށް އަންނަ މެހްމާނުންނާއި އަޅުގަޑުމެންގެ އީދު ހަރަކާތްތައް ސްޕޮންސާކުރި ސްޕޮންސަރުންނަށް ބާއްވާ ޖާފަތެއް،" ސަލާހް ވިދާޅުވި އެވެ.

މާފުށީގެ އީދު ހަރަކާތްތައް ފެށުމަށް ނިންމާފައިވަނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުންނެވެ. އެކި އުމުރުފުރާ ތަކަށް ހާއްސަކޮށްގެން އީދުކޮށްގެން ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.