މޯލްޑިވްސް ޕޮލިސް ސާވިސް

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ރީޖަން -- ކ، އއ، އދ، ވ -- ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހެކެވެ.

މި މަހުގެ 26 ވަނަ ދުވަހު ހުށައެޅި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ބުންޏެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށާ އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ ގުޅިގެން ދަނީ ބަލަމުންނެވެ.