ސިއްހަތު

މައިގްރޭނަކީ ހަމައެކަނި ބޮލުގައި ރިހުމެއް ނޫން!

މައިގްރޭނަކީ ހަމައެކަނި ގަދައަށް ބޮލުގައި ރިއްސުން ކަމަށް ދެކޭ މީހުން އުޅެ އެވެ. ނަމަވެސް ބޮލުގައި އެއްވެސް ވަރަކަށް ނުރިއްސާ ވެސް މައިގްރޭން އެޓޭކްއެއް އަތުވެދާނެ އެވެ.

ހޮޑުލެވި އެތެރެހަށި ފިތިފައި ހުންނަ ހުރުމަކީ ވެސް މައިގްރޭންގެ އަލާމާތެކެވެ. އާދައިގެ ގޮތެއްގައި ބޮލުގައި ރިއްސާ ރިއްސުން ހީ ނުކުރާ ކަންކަމާއި ހުރެ ވެސް ދިމާ ވެދާނެ އެވެ. މާބޮޑަށް ފިކުރު ބޮޑުވުމާއި ބަނޑުހައިވުމާއި ސައިނަސް ހުންނަ މީހުންގެ ނޭފަތް ބެދުމުން ވެސް ބޮލުގައި ރިހެން ފަށަ އެވެ. ކަރުގެ ރިހުމާއި ޓިއުމަރެއެއްގެ ސަބަބުން ވެސް ގަދަޔަށް ބޮލުގައި ރިއްސާފާނެ އެވެ.

ހަމައަށް ނިދި ނުލިބުމަކީ ބޮލުގައި ރިއްސާނެ ސަބަބެވެ. ކާ ގަޑިތަކުގައި ގަވައިދުން ނުކައި ހުރުމުން ކުއްލިއަކަށް މީހާގެ މިޒާޖު ބަދަލުވެ ކަމަކަށް ނުވާ ކަހަލަ ބޭކާރު ކަންކަމާއި ރުޅި އާދެވި ކައިރީ އުޅޭ މީހުނަށް ވަރު ބޭލުވެ އެވެ. މިގޮތަށް ކަންތައް ދިމާވަނީ ކުއްލިއަކަށް އަންނަ މައިގަރޭން އެޓޭކު ތަކުންނެވެ. ވީމާ ގިނައިން ނޫނަސް ކާގަޑި ތަކުގައި ކޮންމެސް ވަރަކަށް ކައިގެން ހުރުން ވަރަށް މުހިންމެވެ. އަދި އެގަޑި ތަކުގައި ރަނގަޅު ކާނާ ބޭނުން ކުރުމަށް ޖެހެ އެވެ.

ސިނކުޑީގައި މައިގްރޭންގެ ރޯލް ކުޅޭ ތިން ބައެއް ހިމެނެ އެވެ. އެއީ ހައިޕަތޮލަމުސް ކިޔާ ސިނކުޑީގެ ބައެކެވެ. މިބަޔަކީ ހަށިގަނޑުގެ ފިނި ހޫނުމިނާއި ނިދުމާއި އަދި އެކިހޯމޯންސްތައް ބެލެންސްކޮށް ސިންކުޑީގެ މައްޗައި ތިރި ކޮންޓްރޯލް ކުރާ ބައެވެ. މައިގްރޭން އެޓޭކެއް ދިމާވުމުގެ މި ހުރިހާ ބައިތަކެއް މަސްހުނި ކޮށްލަ އެވެ.

ނީއުޓްރޯ ޓްރާންސްމީޓަރުގެ ޒަރިއްޔާއިންނާއި ސެރޮޓޮނިން އަދި ގްލޯޓޮމައިޓްގެ އެހީއާއިއެކު ސިންކުޑީގެ ސިގްނަލްތައް އެކްޓިވޭޓް ކޮށްލައެވެ. އެއީ އަލިތަކާއި ރިހުމުގެ އިހުސާސްތައް އަންގައިދޭ ސެލްސްތައް ހުޝިޔާރު ކުރުވާ ބައެވެ. ސީޖީއާރްޕީ އަކީ ލޭގައި އެކުލެވޭ ސެލްސްތަކެވެ. މީ ކެތް ނުވާވަރަށް ބޮލުގެ ރިއްސާލުމުގެ އެއް އެހީތެރިޔާ އެވެ. ގިނަ މީހުންނަށް މިގޮތައް ރިއްސާ ރިއްސުންތައް 72 ގަޑިއިރަށް ދެމިގެންހިންގައިދާނެ އެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މައިގްރެން އެޓޭކްތައް ދިމާވާލެއް ގިނަވެއެވެ.