ދުނިޔެ

ޔަމަނަށް ބޮން އަޅަން އުޅުނު ބަހުރެއިންގެ ޖެޓެއް ވެއްޓިއްޖެ

ޔަމަނަށް ބޮން އަޅަން އުޅުނު ބަހުރެއިންގެ މަތިންދާ ބޯޓެއް ސައުދި އަރަބިއްޔާއަށް ވެއްޓިއްޖެ އެވެ

ސައުދީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެބޯޓަކީ ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ސައުދީން އުފައްދާފައިވާ އަރަބި އިއްތިހާދުގެ ބޯޓެއް ކަމަށާއި، އެޖެޓް ވެއްޓުނީ ހޫތިންނާއި ދެކޮޅަށް ހަނގުރާމައިގައި އުޅެނިކޮށް ކަމަށެވެ.

މި ބޯޓު ވެއްޓުމުގެ ހާދިސާގައި ޕައިލެޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާއިރު ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެން ކަމަށް ހަބަރުތައް ބުނެއެވެ. މިބޯޓު ވެއްޓުނީ ސައުދީގެ ޖިޒާން ޕްރޮވިންސަކަށެވެ.

އދ. އިން ބުނީ މިއިްތިހާދުން ހޫތީންނާއި ހަނގުރާމަ ކުރަން ފެށީ މީގެ ނުވަމަސް ކުރިންނެވެ. އަދި އެޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޔަމަނު ހަނގުރާމައިގައި 5800 މީހުން ވަނީ މަރުވެފަ އެވެ.

ސައުދީ އަރަބިއްޔާއާ ޔަމަނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އިއްޔެ ބަދަލުކުރި ހަމަލާތަކެއްގައި ބަހުރައިންގެ ތިން ސިފައިން މަރުވިކަން ބަހުރައިން ސަރުކާރުން ބުނި ނަމަވެސް އެކަމާ ބެހޭ ތަފުސީލެއް ބަހުރައިނުން ނުދެއެވެ.