އާރްޑީސީ

ދިއްދޫއާއި ވިލިނގިލީގެ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއަށް

May 3, 2022

ހއ. ދިއްދޫ އާއި ގއ. ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީި)އާ ހަވާލުކޮށްފި އެވެ.

ވިލިނގިލި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ތާރުއަޅައިގެން މިހާރު ހަދާފައިވާ ބައެއް މަގުތައް މަރާމާތުކުރުން ވެސް ކުރިއަށްދާނެ އެވެ.

ވިލިނގިިިިިިިިިލި މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 98.3 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 490 ދުވަހެވެ.

ދިއްދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން 5.4 ކިލޯ މީޓަރު މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ ދަށުން ވެސް މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ޖަހާނެ އެވެ.

ދިއްދޫ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. މަޝްރޫއުގެ އަގަކީ 108.5 މިލިއަން ރުފިޔާ އެވެ.

ދިއްދޫ އާއި ވިލިނގިލީގައި މިހާރު ވެސް ބައެއް މަގުތައް ވަނީ ތާރުއަޅައިގެން ހަދާފަ އެވެ.