އައިޖީއެމްއެޗް

މަރުވެފައި އޮތް މީހެއް ދެނެގަތުމުގެ މަސައްކަތް ކުރަނީ

May 5, 2022

އައިޖީއެމްއެޗަށް ގެންދިޔަ ދުވަސްވީ މީހަކު މަރުވެ އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ބުދަ ދުވަހު ހަވީރު މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދުގައި މަގުމައްޗށް ވެއްޓިފައި ވަނިކޮށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ މީހަކީ ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ލައިގެން ހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަމަށާއި އަދި އެމީހާއަކީ ތުބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ހުރި ކަން އެނގެން ނެތް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މީހާގެ މަރާ ގުޅޭގޮތުން އައިޖީއެމްއެޗް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.