މޯލްޑިވްސް ޕޮލިސް ސާވިސް

ކޭކޭ ކައިރިން ފެނުނީ ކުނި ފޮށިގަނޑެއް

May 8, 2022

ކަޅުތުއްކަލާ ކޮށި ކައިރީގައި ގޮވާ އެއްޗެއް އޮވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ނަމަވެސް އެ ސަރަހައްދުން ފެނުނީ ކުނި އަޅާފައިވާ ފޮށިގަނޑެއް ކަމަށް އަވަސް އަށް އެނގިއްޖެ އެވެ.

ކަޅުތުއްކަލާ ކޮށި ކައިރީގައި ގޮވާ އެއްޗެއް ބާއްވާފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:40 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ފުލުހުންނާއި ސިފައިން ކަޅުތުއްކަލާ ކޮށި ކައިރީގައި ހަރަކާތްތެރިވި ކަމަށެވެ.

މިމައްސަލައިގައި ފުލުހުން އިތުރަށް ވާހަކައެއް ނުދެއްކި އެވެ. އެމްއެންޑީއެފް އިން ބުނީ ކަމުގެ ސައްހަ މައުލޫމާތު ލިބުމުން މީޑިއާއާ އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ޝައްކުވާ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު ފުލުހުންނާއި ސިފައިން މިހާރު ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ.

މީގެކުރިން ވެސް މާލޭގެ ބައެއް ސަރަހައްދު ތަކުގައި ކުނިއަޅާފައި ހުންނަ ފޮށިގަނޑުތައް ބެހެއްޓުމަށްފަހު ސަލާމަތީ އިދާރާތަކަށް ނުރަނގަޅު މައުލޫމާތު ދީގެން ހާއްސަ އޮޕަރޭޝަންތައް ހިންގުވާފައިވެ އެވެ.