އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ސީޓީ ސްކޭންގެ ހިދުމަތް މެދުކެނޑިއްޖެ

May 10, 2022
1

ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ސީޓީ ސްކޭންގެ ހިދުމަތް މެދުކެނޑިފައިވާ ކަަމަށެވެ.

ސީޓީ މެޝިންތަކުގެ މެއިންޓެއިނަންސް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލައާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އައިޖީއެމްއެޗް އިން ބުނީ މި ދަނޑިވަޅުގައި އެމަޖެންސީކޮށް ކުރަންޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެ ކަމަށެވެ.

ސިޓީ މެޝިންތަކުގެ މެއިންޓެއިނަންސް މަސައްކަތްތަކަށް ހަފުތާއެއް ހޭދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

"އަދި މި މެޝިންތަކުގެ މެއިންޓެއިނެންސްގެ މަސައްކަތް ނިމި މިހިދުމަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ވީމާ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.