އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ހާއްސަ ޑޮކްޓަރުން ރަށްތަކަށް ޒިޔާރަތްކުރަނީ

May 15, 2022

ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް އައިޖީއެމްއެޗްގެ އެކި ޑިޕާޓްމަންޓުތަކުގެ ޑޮކްޓަރުންނާއި މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެ އެވެ.

އައިޖީއެމްއެޗް އިން ބުނީ މިމަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން އައިޖީއެމްއެޗްގެ ހާއްސަ ޑިޕާޓްމަންޓް ތަކުގެ ތެރެއިން ހިތުގެ ބަލި، ކެންސަރު ބަލި، ރޭޑިއޯލޮޖީ، ކަށީގެ ބަލި، އެތެރެހަށީގެ ބަލި އަދި ކުޑަކަމުދާ ނިޒާމާ ބެހޭ ޑިޕާޓްމަންޓްގެ ހާއްސަ ޑޮކްޓަރުންނާއި އެ ތަންތަނުގެ މުވައްޒަފުން ރަށްރަށަށް ދަތުރުކުރާނެ އެވެ.

ޑޮކްޓަރުންނާއި މުވައްޒަފުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގަން ރީޖަނަލް ހޮސްޕިޓަލަށެވެ.

ޑޮކްޓަރުން ރަށްތަކަށް ޒިޔާރަތް ކުރައްވާ ގޮތުގެ މައުލޫމާތު

  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް - މެއި 14، 15 އަދި 16 އަށް - ހިތުގެ ބަލިތަކަށް ޚާއްސަ ޓީމު
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - މެއި 19، 20 އަދި 21 އަށް - ކެންސަރު ބައްޔަށް ޚާއްސަ ޓީމު
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - މެއި 22، 23 އަދި 24 އަށް - ރޭޑިއޯލޮޖީ
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް - މެއި 23، 24 އަދި 25 އަށް - ކަށީގެ ބަލިތަކަށް ޚާއްސަ ޓީމު
  • އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް - މެއި 28، 29 އަދި 30 އަށް - އެތެރެ ބަލީގެ ބަލިތަކަށް ޚާއްސަ ޓީމު

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުން މީގެކުރިން ވެސް ވަނީ އެބޭފުޅުންގެ އަމިއްލަ ހައިސިއްޔަތުންނާއި ބައެއް ރަށްރަށުގެ ޖަމިއްޔާތަކުންނާއި ކައުންސިލްތަކުން އަދި ބައެއް އަމިއްލަ ކްލިނިކް ތަކުން އެދިގެންވެސް އަތޮޅު ތެރޭގެ ރަށްތަކަށް ޒިޔާރާތްކުރައްވާ ބަލި މީހުން ބައްލަވާ ފަރުވާ ދީފަ އެވެ.