އެމްޑީޕީ

މޫސަ އެމްޑީޕީއަށް ވަންނަ ނަމަ މާފަށް އެދި، ގޮތްޕެއް ހެދޭވަރަށް މެންބަރުން ހަމަކުރަން އަންގައިފި

Jan 1, 2016
6

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއަށް ވަނުމަށް އެދިލާފައިވާ ސިޓީއަށް އެ ޕާޓީން ޖަވާބުދީފި އެވެ.

މޫސަ ސިޓީލާފައި ވަނީ 30 ޑިސެމްބަރު 2015 އިގައެވެ.

މޫސަގެ ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި މޫސަ ހުންނެވިއިރު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މައްސަލާގައި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން އެ މައްސަލަ ބަލައި ޑިސެމްބަރު 22، 2014ގައި މޫސަ ޕާޓީން ވަކި ކުރަން ނިންމާފައިވާ ކަމަށާއި އަލުން މޫސަ ޕާޓީއަށްވަދެވަޑައިގަތުމަށް ސޮއިކުރައްވާނަމަ މި ޕާޓީގެ މެމްނަރުންގެ އިތުބާރު މޫސައާމެދު އަލުން އުފެއްދުމަށްޓަކައި ޕާޓީގެ އެންމެހައި މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެން، ޕާޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރުމަށްޓަކައި މުސާ މަނިކު ބަޔާނެއް ޕާޓީ ސެކްރެޓޭރިއޭޓަށް ފޮނުއްވުމަށާއި، އަލުން ޕާޓީއަށް ސޮއިކުރައްވާނަމަ، މޫސާ މަނިކުއާއެކު އިތުރު 50 މެމްބަރުން، ގޮތްޕެއް ހެދުމަށް ކަނޑައަޅާފައިވާ އަދަދަށް ޕާޓީއަށް މެންބަރުން އަލަށް ވެއްދުމަށް މެމްބަޝިޕް ފޯމު ހުށަހެޅުއްވުމަށެވެ.