މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުން ފިލި ގައިދީ ހައްޔަރުކޮށްފި

May 17, 2022

ޖަލުން ފިލި ގައިދީ ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެންމެ ބުނީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ފިލުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު އޭނާ ހޯދާފައިވާ ކަމަށެވެ.

ޖަލުން ފިލި ގައިދީއާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޭރުގެ ޑްރަގް ނެޓްވޯކްތަކާއި ގުޅުން އޮތް ކަމުގެ ތުހުމަތު އޮތް މީހެކެވެ. އެ މީހާއަކީ ޕާކިސްތާނުގައި އެތައް ދުވަހަކު ރަހީނުކޮށްފައިވެސް ހުރި މީހެކެވެ. ނަމަވެސް އެކަން ކަރެކްޝަނުން ޔަގީން ކޮށެއް ނުދިނެވެ.