އެމްއެންޑީއެފް

ދެ ދޯންޏެއް ފަރަށް އަރައިފި

May 21, 2022

ދެ ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެއް ހާދިސާ ހިނގާފައިވަަނީ ތ. ގާދިއްފުށި ކައިރިން ދޯންޏެއް ފަރަކަށް އަރައިގެން ކަމަށެވެ. ފަރަށް އަރާފައިވަނީ "އުފާ" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެއީ 16 މީހުންނާއެކު މަސްވެރި ކަމަށް ނިކުމެ އުޅުނު ދޯންނެކެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިން ދަނީ ފީފާ ޖަހައިގެން ދޯނި ފުން ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ހާދިސާ ހިނގީ މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރައިގެންނެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓާ" ނަމަކަށް ކިޔާ ދޯންޏެއް މ. މުއްޔާއި މ. ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރާފައިވާ ކަމަށެވެ. އެ ދޯނީ ފަރަށް އެރިއިރު އޭގައި 8 މީހުން ތިއްބެވެ. އެ ދޯނި ފުން ކުރަންވެސް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.