މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބަނގުރާ ހިމެނޭ 13،471 ފުޅި ނައްތާލައިފި

May 23, 2022

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ބަނގުރާ އެކުލެވޭ ޓޮނިކް ފުޅިތަކެއް ނައްތާލައިިފި އެވެ.

މިތަކެތި އިއްޔެ ނައްތާލާފައިވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަމާ ގުޅޭ ބޭފުޅުންގެ ބެލުމުގެ ދަށުންނެވެ.

ނައްތާލި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާ ހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.

ނައްތާލި ތަކެތީގެ ލިސްޓް

  • ބަނގުރާ 50 ފުޅި
  • ބަނގުރާ އެކުލެވޭ ބިޔަރު - 13،471 ފުޅި
  • ބަނގުރާ އެކުލެވޭ ބިޔަރު - 137 ދަޅު
  • ޓޮނިކް - 7،424 ފުޅި

އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބުނެފައިވެ އެވެ.

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށްވެސް މިފަހުން ކަސްޓަމްސް އިން ވަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފަ އެވެ.