މޯލްޑިވްސް ޕޮލިސް ސާވިސް

ގެއަކުން ވައްކަން ކުރި މީހަކު ހޯދަނީ

May 24, 2022
4

ގެއަކުން ވައްކަން ކުރި މީހަކު ހޯދަން، ދިވެހި ފުލުހުންގެ ހިދުމަތުން އެ މީހާގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ ވައްކަމުގެ މައްސަލައެއްގައި ލ. ކުނަހަންދޫ / ބަހާރުގެ، ސަލީމާ އަދުނާން (33އ) ކަމަށެވެ. އެނާ ހޯދުމަށް އިއުލާނުކުރީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާލެ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ކަމަށެވެ.

މިއީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކުރުމެވެ.