މޯލްޑިވްސް ޕޮލިސް ސާވިސް

ޖަމާލުއްދީން ސުކޫލަށް ވަދެ ޕްރިންސިޕަލަށް ހަމަލާދޭން އުޅެފި

May 24, 2022

ޖަމާލުއްދީން ސުކޫލަށް ވަތް މީހަކު އެ ސުކޫލުގެ ޕްރިންސިޕަލަށް ހަމަލާދޭން އުޅެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުންގެ ހިދުމަތުން ބުނީ ޖަމާލުއްދީން ސުކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 އެހާކަންހާއިރު އެ ހިދުމަތަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދަށް މުއްދަތު ޖަހަން ބަންދު މަޖިލީހަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ޖަމާލުއްދީން ސުކޫލަށް ވަތް މީހަކު އެ ސުކޫލުގެ ޕްރިންސިޕަލަށް ހަމަލާދޭން މަަސައްކަތް ކުރީ ކީއްވެގެން ކަން ސާފުވާ ގޮތެއް ނުވިއެވެ.