ޕްރޮމޯޝަން

ކޮކާކޯލާ ފްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް އަމީން މުސްތަފާ

ކޮކާކޯލާއިން ފަށާފައިވާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް އަމީން މުސްތަފާ ހޮވިއްޖެއެވެ. މި ޕްރޮމޯޝަން 45 ދުވަހަށް ކުރިއަށްދާއިރު 45 ނަސީބުވެރިން ހޮވާނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ ދުވަހަކު ސެމްސަންގް ބްރޭންޑްގެ ފޯނެއް ނަސީބުވެރި ފަރާތަށް ދިނުމަށް ކޮކާކޯލާއިން ވަނީ ނިންމާފައެވެ. ޕްރޮމޯޝަނަށް 45 ފޯނު ހަދިޔާކޮށްފައިވަނީ ރާއްޖެއަށް ސެމްސަންގްގެ ފޯނުތައް އެތެރެކުރާ ހައިކް މޯލްޑިވްސްއިންނެވެ. އަމީންއަށް ލިބިފައިވަނީ ސެމްސަންގް އޭ8ގެ ފޯނެކެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ކޯޑު، އެސްއެމްއެސްކޮށްގެންނެވެ. ކޯކް ޖެހުމަށްފަހު ސްޕޭސްއެއް ދިނުމަށްފަހު ކޯޑް ޖަހައި 2626 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ކޮންމެ ދުވަހުކުވެސް ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރިން ހޮވަނީ ޓީވީއެމްއިން ލައިވްކޮށްގެންނެވެ. މިރޭ 8:45 ގައި ދެވަނަ ނަސީބުވެރިޔާ ހޮވުން އޮންނާނެއެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ އެއްވަނަ ދުވަހުން އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަސީބުވެރި ފަރާތްތަކަށް ލިބޭ ފޯނުތަކުގެ ތެރޭގައި ސެމްސަންގް އެޑްޖް، ސެމްސަންގް އެޑްޖް ޕުލަސް، ސެމްސަންގް ނޯޓް 5، ހިމެނެއެވެ.

ކޮކާކޯލާ ރާއްޖެއަށް ތައާރަފުކުރިތާ 25 އަހަރު މި އަހަރު ފުރިފައިވާއިރު މިކަން ފާހަގަކުރުމަށް ކޮކާކޯލާއިން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފައިވެއެވެ. އަދި މި އަހަރު ތެރޭގައި ރާއްޖެއަށް ކޮކާކޯލާ ޒީރޯ ވެސް ތައާރަފުކޮށްފައިވާކަން ފާހަގަކޮށްލެެއެވެ.