ރިޕޯޓް

އެމްޑީޕީއަށް ހިންދެމިލެވިދާނެތަ؟

  • އެމްޑީޕީގެ ލީޑަޝިޕްގައި ހީނަރުކަމެއް އެބަހުރި
  • ޕާޓީއަށް އެންމެ އެދެވޭ ހަރަކާތްތަކެއް ނުހިންގޭ
  • ޕާޓީ އިސްލާހު ކުރަން ޖެހޭ ދާއިރާތައް ގިނަ

ދައްކަން މިއުޅެނީ ރާއްޖޭގައި އެންމެ މަގުބޫލު ޕާޓީގެ ވާހަކައެވެ. އުފެދުނީންސުރެ، ގިނަ ބަޔެއްގެ ސަޕޯޓާއި ލޯބި ލިބެމުން އަންނަ ޕާޓީއެއްގެ ވާހަކައެވެ. ރާއްޖެއަށް ޑިމޮކްރަޓިކް އުސޫލުތައް ދަސްކޮށްދިން ޕާޓީކަމުގައި ދައުވާކުރަމުން އަންނަ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވާހަކައެވެ.

ހަގީގަތުގައި ވެސް އެމްޑީޕީއަކީ ރީތި ޑިމޮކްރަޓިކް އުސޫލުތަކެއް ގެންގުޅުނު ޕާޓީއެކެވެ. މައްސަލައަކީ ގެންގުޅޭ ޕާޓީއެކޭ ބުނެވެން ނެތުމެވެ. ޕާޓީގެ އަސްލާއި ރޫހު މިހާރު ވަނީ ގެއްލިފައެވެ. ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑީގެ ހުންގާނު ސީދަލެއް ނޫނެވެ. މިސްރާބު ވަނީ ގެއްލި، އޮޅިފައެވެ. ސަބަބަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލުން ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ބިޔަ ބޮޑު ޕާޓީއެއް އެންމެ މީހެއްގެ ނެތުމުން ހަލާކުވެގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެމްޑީޕީގައި މެންބަރުން ގިނައެވެ. ލީޑަރޝިޕް ހުރި މެންބަރުން ވެސް ގިނައެވެ.

މިހާރުގެ ލީޑަޝިޕް

އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ ކުރީ ސަފު ބަލާލުމުން އެއީ ޑީއާރްޕީ ކަމަށް ވެސް ހީވެދާނެއެވެ. އެމްޑީޕީގެ މިހާރު ހިންގަނީ އެހެން ޕާޓީތަކުން އެ ޕާޓީއަށް ގުޅިފައިވާ ބަޔަކު އިސް ސަފުގައި ތިބެގެނެވެ. މިއީ މައްސަލައަކަށްވެގެން ނުވާނެއެވެ. ޕާޓީތަކުން ވެސް މެންބަރުން ގުޅި ޕާޓީ އިތުރަށް ބިޔަވެގެން ދިއުމަކީ ރަނގަޅު ކަމެކެވެ. އެހެނަސް އެމްޑީޕީއިން ގެންގުޅު އުސޫލުތައް މިހާރު ވަނީ ހަނދާން ނައްތާލާފައެވެ. އެމްޑީޕީއިން މިހާރު ވެފައިވަނީ އެއް ބައެއްގެ ވަށައި އެނބުރޭ ބައިގަނޑަކަށެވެ.

އެމްޑީޕީއިން އިސްލާހުކުރަން ވެފައިވާކަން އެ ޕާޓީން އެންމެ ފަހުން ބޭއްވި ހަރަކާތްތަކުން ވަރަށް ބޮޑަށް ދޭހަވަގެންދެއެވެ. މީގެކުރިން ޕާޓީގެ އެންމެ އިޝާރާތަކަށް ބޮޑެތި މަގުތައް ފުރާލަން މެންބަރުން ތައްޔާރަށް ތިބޭއިރު އެމްޑީޕީއިން އެންމެ ފަހުން ތިން ދުވަހަށް ކުރިއަށް ގެންދިޔަ "މިންޖުވާން" މުޒާހަރާގައި ބައިވެރިވާނެ މާގިނަ ބަޔަކު ނުވިއެވެ. ހަމައެގޮތަށް ގދ. ތިނަދޫގައި ބޭއްވި ހިނގާލުމާއި ޖަލްސާގައި ވެސް ބައިވެރިވާނެ ފަރާތެއްނެތި އެ ޕާޓީ ޖެހުނީ ލަދު ގަންނާށެވެ.

ޕާޓީ ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްކުރަން އެމްޑީޕީގެ "ހަގީގީ" މެންބަރުން އަދިވެސް އެބަތިބިކަން އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުންނާއި ދައްކާ ވާހަކަތަކުން ސާބިތުވެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ދަނީ އެމްޑީޕީއަށް ބިނާކުރަނިވި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. މިކަމުގެ ސަބަބުން މޫސަ އެ ޕާޓީން އެއްކައިރިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އެއްގޮތަކަށްވެސް ޑިމޮކްރަޓިކް އުސޫލެއް ނޫނެވެ.

އެމްޑީޕީގެ އަސްލު ވިސްނުމަށް އެނބުރުން

ރީކޯ މޫސަ ވިދާޅުވާ ގޮތުގައި އެމްޑީޕީ މިހާރު އޮތީ އެ ޕާޓީގެ އަސްލުން އެކަހެރިވެފައެވެ. "އަނިޔާކުރުން" ހުއްޓާލުމަށް އެމްޑީޕީއިން އަބަދު ގޮވަމުން ދިއުމަކީ މޫސަ ގަބޫލުކުރާ ކަމެއް ނޫނެވެ. މީގެއިތުރުން އެމްޑީޕީއިން ނަފުރަތުކުރި އަދި އެމްޑީޕީއަށް އެބައެއްގެ ސަބަބުން އެތައް ގެއްލުމެއްވި ފަރާތްތައް އެންމެ އަރިސް ގޮނޑީގައި ބައިތިއްބައިގެން އެ ފަރާތްތަކުގެ ހިމާޔަތުގައި އެމްޑީޕީއިން ވާހަކަ ދެއްކުމަކީ އަސްލު އެމްޑީޕީއިން ކުރާނެ ކަމަށް ނޫން ކަމަށް މޫސަ ވިދާޅުވެއެވެ.

"ބާޣީ ވެރިންގެ ހަގީގީ މަގުސަދަކީ އެ މީހުން 2012 ވަނަ އަހަރު އިއުލާން ކުރި ފަދައިން އެމްޑީޕީގެ ވަސްވެސް މި ގައުމުން ފުހެލުން ކަމަށްވާއިރު މިއަދު ޕާޓީގެ އިސް ސަފުގައި ތިބެ އެ ފަރާތްތަކުން ކުރަމުން އެގެންދަނީ އެ މަސައްކަތް ކަމަށް ވަރަށް ސާބިތު ކަމާއެކު ދަންނަވަން،" މިހާރުގެ ލީޑަރޝިޕަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވެފައިވެއެވެ.

"މިކަމަށް ތިބޭފުޅުން، އެމްޑީޕީގެ މެންބަރުން ވިސްނަވާށޭ. ފެއިލްވެފައި ތިބި ބަޔަކު ނެރެގެން ތިބޭފުޅުން ކޮންކަމެއްތޯއޭ ތި ކުރައްވަނީ. އަޅުގަނޑުމެން ފަދަ އެތައް ގުރުބާނީއެއް ވީބަޔަކު އެއްފަރާތްކޮށް ޕާޓީ ސިސްޓަމް މި ރާއްޖެއަށް ގެނައި މަގުސަދާ ހިލާފަށް ބަޔަކާ އެކު އެމްޑީޕީން ތިއުޅެނީ،" އެމްޑީޕީ ހަލާކުވެގެން ދިއުމަށް މޫސަ ނޭދޭ ކަމަށް ވިދާޅުވެ އާންމު މެންބަރުންގެ އަރިހުގައި ވިދާޅުވެފައިވެއެވެ.

މޫސަ ވަނީ އެމްޑީޕީ އިސްލާހުކޮށް އަސްލަށް ރުޖޫއަކުރުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާންކުރައްވާފައެވެ. ނަމަވެސް މޫސައަކީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި އެ ޕާޓީން ގަބޫލެއް ނުކުރެއެވެ. މިހާރު ޕާޓީގެ ލީޑަރޝިޕަށް ގެއްލުމެއްވެދާނެތީ، ޕާޓީގެ މެންބަރަކަށް ހަދަން ބޭނުންނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީގެ މެންބަރަކަށްވުމަށް މޫސަ ފޮނުވި ސިޓީގެ ޖަވާބަށް އެމްޑީޕީއިން ދީފައިވާ ޖަވާބުން އެ ޕާޓީއާމެދު ދެކެވެމުން އައި ގޮތް މުޅިންހެން ވަނީ ބަދަލުވެފައެވެ. މޫސަގެ ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި މޫސަ ހުންނެވިއިރު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މައްސަލާގައި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން އެ މައްސަލަ ބަލައި ޑިސެމްބަރު 22، 2014ގައި މޫސަ ޕާޓީން ވަކި ކުރަން ނިންމާފައިވާ ކަމަށާއި އަލުން މޫސަ ޕާޓީއަށްވަދެވަޑައިގަތުމަށް ސޮއިކުރައްވާނަމަ މި ޕާޓީގެ މެމްނަރުންގެ އިތުބާރު މޫސައާމެދު އަލުން އުފެއްދުމަށްޓަކައި ޕާޓީގެ އެންމެހައި މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެން، ޕާޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރުމަށްޓަކައި މުސާ މަނިކު ބަޔާނެއް ޕާޓީ ސެކްރެޓޭރިއޭޓަށް ފޮނުއްވުމަށާއި، އަލުން ޕާޓީއަށް ސޮއިކުރައްވާނަމަ، މޫސާ މަނިކުއާއެކު އިތުރު 50 މެމްބަރުން، ގޮތްޕެއް ހެދުމަށް ކަނޑައަޅާފައިވާ އަދަދަށް ޕާޓީއަށް މެންބަރުން އަލަށް ވެއްދުމަށް މެމްބަޝިޕް ފޯމު ހުށަހެޅުއްވުމަށެވެ.

މިކަމާ ގުޅިގެން މޫސަ އިއްޔެ ވިދާޅުވެފައިވަނީ އެމްޑީޕީގެ ކަންކަން މިހާރު ނިންމަންޖެހޭނީ ކޮންގްރެސްއެއް ބާއްވައިގެން ކަމަށާއި ޕާޓީ "ހައިޖެކްކޮށްގެން އުޅޭ ވިއްސަކަށް މީހުން" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާއަށް ތާއީދު ކުރާ ބަޔަކާއި އަދި އެމީހުންނާއި ގުޅިގެން ސްރީލަންކާގަ އާއި އިނގިރޭސި ވިލާތުގައި ތިބެގެން ރާއްޖޭގެ އިގްތިސޯދަސް ގެއްލުންދޭން މަސައްކަތް ކުރާ "ގްރޫޕެއް" ބޭނުންވާ ގޮތަށް އެމްޑީޕީ ނުހިންގޭނެ ކަމަށާއި އެކަންކަން ބަދަލު ކުރާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ގެންދަވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑިވިދާޅުވަމުންނެވެ. އެމްޑީޕީ މިހާރު އޮތް ހާލަތަށް ބަލާނަމަ އަމަރުގެ ފާޑުކިޔުންތަކަކީ ވެސް އެމްޑީޕީއަށް ބިނާކުރުވަނިވި ފާޑުކިޔުންތަކަކަށް ވެދާނެއެވެ. މިދިއަ ހަ އަހަރު ތެރޭގައިވެސް އެމްޑީޕީގެ ލީޑަރު ކަމުގެ މަގާމަށް ވާދަވެރިކަމެއް ނެތް ކަމަށާއި، މިހާތަނަށް ޕާޓީއަށް އިންތިހާބު ކުރި ތިން ލީޑަރުންވެސް ވަކިކޮށްފައިވާ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. ޕާޓީ އެންމެ މީހެއްގެ ފަހަތުގައި "ކަލްޓް" އަކަށް ވެފައި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

"ނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެއް ނޫން އޭނާ ހުންނަވާނީ ހިފެހެއްޓޭނެ ހުރިހާ އެއްޗެއްގައި ހިފަހައްޓައިގެން އޭނާ އަށް ވެރިކަމަށް ނާދެވެންޏާ އޭނާ ޓިކެޓް ދެއްވާނީ އަނބިކަނބަލުންނަށް" އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ. "ތަސްމީނާ ޝާހިދު ވެސް ތިބީ އެމީހުންގެ އަތަށް ފުރޮޅޭނެ ކަމުގެ އުންމީދުގައި އެމީހުން އެތިބީ އާފަލް ވެއްޓޭނެ ކަމަށް ބަލައިގެން ގަސްދޮށަށް ވަދެ އަތް ދިއްކޮށްގެން! އެކަމަކު ނަޝީދަކީ އާދައިގެ ބޭފުޅެއް ނޫން ނުލިބޭ ކަމަށް ވަންޏާ އަނބިކަނބަލުން އަތަށް ދެއްވާނީ. ތަސްމީނާ ޝާހިދު ގަސްދޮށުގައި ދޮން އަނބު ވެއްޓޭތޯ ތިބި ނަމަވެސް ދެފައިން ވާގި ދާނީ،"

"އެމްޑީޕީގެ ސަޕޯޓަރުން ވެސް ފޫހިވެއްޖެ ލީޑަޝިޕް ދެކެ އެއީ ބުނާ ބަހަކާ ދިމައެއް ނުވޭ އެކަން ފެނިގެން މިދިއައީ ވަރަށް ބޮޑު މުޒާހަރާއެއް ރޭވީމާ ދިޔައީ ދެހާހެއްހާ މީހުން އެއީ އެމީހުންގެ ސަޕޯޓަރުންގެ ތެރޭގައި އެމްޑީޕގެ މަގުބޫލަން ކެނޑުން. މި އެނގުނީ އެމީހުން ވެސް ޑީލް ހަދަން ވެއްޖިއްޔާ ކޮންމެ ކޮރަޕްޓް މީހަކާއެކުވެސް ޑީލް ހަދާކަން. މިހާރު މަރުވެފައި ތިބި ބަޔަކު އެމީހުންގެ ސަޕޯޓަރުން ހޭލައްވާ އޮސިޖަންދޭ މަންޒަރު މިފެންނަނީ،" އުމަރު ވިދާޅުވެފައިވެއެވެ.

އެމްޑީޕީއިން 2018 އަށް އަމާޒު ހިފާނަމަ އެ ޕާޓީ މިހާރު ވަނީ ހަރުދަނާކުރަން ޖެހިފައެވެ. އެ ޕާޓީގެ ގިނަ މެންބަރުން ވެސް އެދެމުންދަނީ އެގޮތަށެވެ. ޝައްކެއް ނެތޭ ރައީސް ނަޝީދަކީ އެމްޑީޕީގެ ރޫހެވެ. ނަމަވެސް ރޫހަށްޓަކައި ޕާޓީ މަރާލެވިގެން ނުވާނެއެވެ. އަދި ޕާޓީގެ ގާބިލު އެހެން މެންބަރުންގެ ހައްގުތައް ވެސް ހިފެހެއްޓިގެން ނުވާނެއެވެ. އެމްޑީޕީއަށް އިސްލާހީ ބަދަލެއް ބޭނުންވެއެވެ.

މިހާރު އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އިސްލާހުކުރަންޖެހޭ ކަމަށް މޫސަގެ އިތުރުން ދެން އެންމެ ބޮޑަށް ގޮވަމުންދަނީ އެ ޕާޓީގެ ނައިބު ރައީސް ކަމުން ބޭރުކޮށްލެވުނު އަލްހާން ފަހުމީ އެވެ. އަލްހާން ވެސް ދަނީ އެމްޑީޕީއަށް ބިނާކުރުވަނިވި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އަދި ކަންތައްތައް ވަމުންދާ ގޮތުން އެމްޑީޕީއަށް ގެއްލުންވަމުންދާ ކަމަށް ޓްވިޓާގައި ވެސް އެންމެ ހަރުކަށި އިބާރާތުން ގޮވަމުން ދަނީ އަލްހާނެވެ.

އަލްހާން ވިދާޅުވަނީ ރައީސް ނަޝީދު ގޮތް ދޫކުރައްވަން ޖެހި ވަޑައިގަންނަވާ ކަމަށާއި ރައީސް ނަޝީދާއެކު ރިޔާސީ އިންތިހާބެއްގައި އެމްޑީޕީއަށް ކާމިޔާބެއް ނެތް ކަމަށެވެ. އަލްހާން ވަނީ އެމްޑީޕީއަށް އާ ކާމިޔާބީތަކެއް ހޯދައިދިނުމުގެ ނިޔަތުގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ.

ޝަރީއަތެއްގައި ކުށް ސާބިތުވެފައިވާ ކުށްވެރިންތަކެއްގެ ފޮޓޯ ހިފައިގެން އެ މީހުން މިންޖު ކުރަން އެމްޑީޕީ ގޮވާއިރު އެމްޑީޕީ އާއި ޕާޓީގެ މެންބަރުން މިންޖުވާން މަސައްކަތް ކުރަންވީ އެ ޕާޓީގެ ފެއިލްވެފައިވާ ލީޑަޝިޕްގެ ކިބައިން ކަމަށް އަލްހާން ވިދާޅުވެފައި ވެއެވެ.

އިސްލާހުތަކެއް ބޭނުން