އިސްލާމިކް ސްޓޭޓް

އައިސިސް އިން އަނެއްކާވެސް ރަމަދީއަށް ހަމަލާދޭން ފަށައިފި

ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ބާރުގެ ދަށުން އިރާގުގެ އަންބާރު ޕްރޮވިންސްގެ ރަމަދީ އަވަށް އިރާގުގެ ސަރުކާރަށް ގެންދިޔަ ފަހުން އަނެއްކާވެސް އެ އަވަށަށް އަމާޒުކޮށް ހަމަލާތަކެއް ދީފި އެވެ.

އައިއެސް އިން ރަމަދީއަށް އެންމެ ފަހުން ދިން ހަމަލާގައި އެކަނިވެސް އިރާގު ސިފައިންގެ 11 މީހުންވަނީ މަރާލާފަ އެވެ.

މިހަމަލާތަކާއި ގުޅޭގޮތުން އިރާގު ސިފައިންގެ ބްރިގޭޑިއަ ޖެނެރަލް އަހްމަދު އަލް ބިލާވީ ވިދާޅުވީ ރަމަދީ އަވަށުގެ ދެ ސަރަހައްދަކަށް ކާރު ބޮމުގެ ހަމަލާތަކެއް އައިއެސް އިން ދީފައިވާ ކަމަށެވެ. ހަމަލާތަކުގެ ރައްދުގައި އިރާގު ސިފައިންވެސް ވަނީ ހަމަލާތަކެއް ދީފަ އެވެ.

އިރާގުގައި ހުންނަ އމެރިކާ ސިފައިންގެ ފައުޖުގެ އޮފިޝަލަކު ވިދާޅުވީ އެމީހުންގެ ބާރުގެ ދަށަށް އިރާގު ގެންދެވޭހާ ބާރު އެމީހުންގެ އަތުގައި ނެތް ކަމަށެވެ.

އިރާގު ސިފައިން މިހާރުދަނީ އެގައުމުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަވަށް ކަމުގައިވާ މޫސުލް އިރާގު ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މޫސަލް އައިސިސްގެ ބާރުގެ ދަށަށް ގެންދިޔައީ 2014 ވަނަ އަހަރެވެ.

މިިދިޔަ ހުކުރު ދުވަހު ރަމަދީއަށް އަމާޒުކޮށްގެން އައިއެސް އިން ވަނީ ވައިގެ ފަސް ހަމަލާއެއް ދީފަ އެވެ. އަދި އޭގެ އިތުރުން ބަރު ހަތިޔާރު ބޭނުންކޮށްގެންވެސް ހަމަލާތަކެއްވަނީ ދީފަ އެވެ.

ރަމަދީ އިރާގު ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.